ads
މިވީ ހަ މަސް ދުވަހުގެ ތެރޭގައި 2 މިލިއަން ޑޮލަރުގައި ހުރި ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް ގައި މިހާރު 50 މިލިއަން ޑޮލަރު
ސޮވްރިން ޑިވްލޮޕްމަންޓް ފަންޑު ދެ މިލިއަނުން 50 މިލިއަން ޑޮލަރަށް
މިވީ ހަ މަސް ދުވަހުގެ ތެރޭގައި ދެ މިލިއަން ޑޮލަރުގައި ހުރި ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގައި 50 މިލިއަން ޑޮލަރަށް އިތުރުކުރެވިފައިވާކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު ފިނޭންސް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ލަފަޔާއެކު ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ލާރި ޗާޕްކުރުން ހުށްޓުމަކަސް ގެނެސްފައިވާ ކަމަށެވެ. އަދި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު ބިލްޑް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރު ވެރިކަމާއި ހަވާލުވިއިރު މީގެކުރިން އެތައް ސަތޭކަ މިލިއަން ޑޮލަރެއް ހުރި ސޮވްރިން ފަންޑުގައި ހުރީ ދެ މިލިއަން ޑޮލަރުކަމަށެވެ. ނަމަވެސް ސަރުކާރުން ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރެގައި ކުރެވުނު މަސައްކަތްތަކާއެކު ސޮވްރިން ފަންޑަށް 50 މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"ދެ މިލިއަން ޑޮލަރުގައިި ހުރި ފަންޑު 50 މިލިއަން ޑޮލަރަށް އިތުރުކުރެވިފައިވާއިރު އަމާޒަކީ އެ ފަންޑު 100 މިލިއަން ޑޮލަރަށް އިތުރުކުރުން." މިނިސްޓަރު ވިދާޅުވި އެވެ.


މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމޭއިރު ސޮވްރިން ފަންޑަށް 100 މިލިއަން ޑޮލަރު ޖަމާކުރުންކަމަށެވެ. 

އެސްޑީއެފް ފަންޑު އެންމެ ފުރަތަމަ ރާއްޖެއަށް ތައާރަފުކުރީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އެވެ. މި ފަންޑުގެ މަގުސަދަކީ ތަރައްގީގެ މަޝްރޫއުތައް ހިންގަން ލޯނު ނަގާތީ ރާއްޖޭގެ އިގްތިސޯދާމެދު ބޭރުގެ މާލީ އިދާރާތަކުގެ އިތުބާރު ވަރުގަދަ ކޮށް ބޮޑެތި ލޯނުތައް ދައްކަންވާއިރަށް ލޯނު ދެއްކުމުގެ ގާބިލްކަން އުފެއްދުމެވެ. ފަންޑަށް ފައިސާ ޖަމާކުރަނީ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ވީއައިއޭއިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އިންނެވެ. 

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު އެސްޑީއެފް ފަންޑުގައި 200 މިލިއަން ޑޮލަރާ ގާތްކުރާ ވަރަށް ޑޮލަރު ހުއްޓެވެ. އެކަމަކު މިދިޔަ ރައީސް ސޯލިހު ސަރުކާރު ނިމުނުއިރު ފަންޑުގެ ބޮޑު ބަޔަކީ ރުފިޔާ އެވެ. އެ ފަންޑަށް ބަރާބަކަށް ފައިސާ ޖަމާ ކުރިނަމަ ބިލިއަނެއްހާ ޑޮލަރު މިހާރު މި ފަންޑުގައި ހުންނާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް