މާލޭ ސިޓީ ކައުންސިލުން 2 ދާއިރާއެއްގެ ގޮނޑިތަކެއް ހުސްވެފައިވަނީ އެ ދާއިރާތަކުގައި ތިއްބެވި މެމްބަރުން 20 ވަނަ ރައްޔިތުން މަޖިލީހަށް އިންތިހާބުވުމުންނެވެ. ކައުންސިލުން ހުސްވެފައިވަނީ ހެންވޭރު ހުޅަނގު ދާއިރާ އާއި މައްޗަންގޮޅި މެދު ދާއިރާ އާއި ހުޅުމާލެ ދާއިރާގެ ގޮނޑިއެވެ.
މި ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހު14 ވަނަ ދުވަހުގެ 16:00 އާއި ހަމައަށް ހުޅުވާލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އީސީން ބުނީ އިންތިހާބަށް ކުރިމަތިލާ މީހާގެ ދަރަނީގެ ރެކޯޑާއި، ކުށުގެ ރެކޯޑަކީ މިއަހަރު މޭމަހުގެ 30 ވަނަދުވަހުގެ ފަހުން ސާފުކޮށްފައިވާ ރެކޯޑަކަށް ވާންވާނެކަމަށެވެ.
އިންތިހާބުގެ ވޯޓްލުން އޮންނާނީ ޖުލައި 20 ވަނަދުވަހުގެ ހެނދުނު 08:00 އިން 16:00 ކަމަށްވެސް އީސީން ބުނެ އެވެ.
ކައުންސިލުން ހުސްވި ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑީގައި އިންނެވި އަހްމަދު އައިފާން ވަނީ ރައްޔިތުން މަޖިލީހުގައި ތަމްސީލުކުރައްވަނީ ހެންވޭރު އުތުރު ދާއިރާއެވެ. މައްޗަންގޮޅި މެދު ދާއިރާ ގެ މެމްބަރު މޫސާ ޒަމީރު މަޖލީހުގައިވެސް ތަމްސީލުކުރައްވަނީ ހަމަ އެ ދާއިރާއެވެ. ހުޅުމާލެ ދާއިރާގެ ހުންނެވި އިބްރާހިމް ސުޖާއު މަޖލީހުގައި ތަމްސީލުކުރައްވަނީ އޭނާގެ އުފަން ރަށް ހިމެނޭ ބާރަށު ދާއިރާ އެވެ.