ads
މިއަހަރުގެ ހައްޖަށް އިތުރު ކޯޓާ ރާއްޖެއަށް ލިބިއްޖެ، މިނިސްޓްރީން އަދި ނުބުނޭ
ރާއްޖެއަށް ހައްޖަށްް ދޫކޮށްފައިވާ 1000 ކޯޓާާގެ އިތުރު އިތު ކޯޓާ ލިބިއްޖެކަން ރައްޔިތުން މަޖލީހުގެ ބާރަށު ދާއިރާގެ މްމެބަރު އިބްރާހިމް ސުޖާއު ވިދާޅުވެއްޖެއެވެ.
Advertisement

ޝުޖާއު އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ބުނީ 5 އަހަރުގެ މެދުކެނޑުމަކަށްފަހު ދިވެހިރާއްޖެއަށް އިތުރު ހައްޖު ކޯޓާ ލިބިގެން ދިއުމަކީ ދިވެހީން ނުހަނު އުފާވާނޭ ކަމެއްކަމަށެވެ. އަދި ދިވެހީންނަށް މިފުރުސަތު ހޯދާދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި މަސައްކަތްޕުޅަށް ނުހަނު އިޚްލާސްތެެރިކަމާއެކު ޝުކުރު އަދާކުރާކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. 

ހައްޖަށް ގެންދަން އިތުރު ކޯޓާ ލިބުނުކަން ޝުޖާއު ހާމަކުރެއްވި ނަމަވެސް އިސްލާމިކް މިނިސްޓްރީއަކުން އަދި އެކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދާދި ފަހުން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވީ މިއަހަރު އިތުރު ކޯޓާ ލިބޭނެކަމުގެ އުއްމީދު ވަރަށް ބޮޑުކަމަށެވެ. އަދި ލިބޭ ކޯޓާގެ ކަންކަން ޔަގީން ވަނީ ހައްޖަށް ވަރަށް ގާތްވެފައިވަނިކޮށް ކަމަށްވެސް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ. 

އިތުރު ކޯޓާ ލިބޭނެކަމުގެ ޔަގީންކަން އޮތުމުން ކޯޓާ އިތުރަށް ލިބޭނެ އަދަދަށް ބަލާ ވެެއިޓިން ލިސްޓުގައި ތިބި ފަރާތްތަކާއި ގުޅާ ޕާސްޕޯޓާއި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުމަށްް އަންގަމުން ދާކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަކީލްވެސް ވަނީ މިމަހުގެ 13 ވަނަދުވަހު ވިދާޅުވެފައެވެ. 

މިއަހަރު ރާއްޖެއަށް ލިބުނު 1000 ކޯޓާއަށް ހައްޖަށް މީހުން ގެންދާނީ ހައްޖު ކޯޕަރޭޝަނުން އެކަންޏެވެ. އެހެންނަމަވެސް ހައްޖުގެ އިތުރު ކޯޓާ ލިބިއްޖެނަމަ ގްރޫޕްތަކަށް ފުރުސަތު ދޭނެކަމަށް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެ ފުރުސަތު ދޭނީ ކޯޕަރޭޝަނުން ގެންދާ އަގަށް ގެންގޮސްދޭ ޖަމާއަތްތަކަށްކަމަށްވެސް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފައެވެ. 

ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުންގެ ފުރަތަމަ ގްރޫޕް މިއަދު މައްކާއަށް ފުރާނެއެވެ، ދެވަނަ ގްރޫޕް އަންނަ ހޯމަދުވަހު އަދި ތިންވަނަ ގުރޫޕް އަންނަ ހުކުރުދުވަހު ފުރާނެކަމަށް ދިވެހި ހައްޖު މިޝަނުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް