ads
ޓީޓީ މުބާރާތުގެ ތެރެއިން
ޒުވާން ޓީޓީ ޓީމުން ހަަތަރު މެޑަލް ހޯދައިފި
ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުން ރާއްޖެއަށް ހަތަރު މެޑަލް ހޯދައިފިއެވެ.
Advertisement

ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް އޮތީ ސްރީ ލަންކާގެ ކެންޑީގައެވެ. މި މުބާރާތުން ރާއްޖޭގެ ޒުވާން ޓީމު ހޯދީ، އެއް ރިހިމެޑެއްޔާއި ތިން ލޯ މެޑެއްޔެވެ. ރާއްޖެއަށް ރިހި މެޑަލް ލިބުނީ 19 އަހަރުން ދަށުގެ މިކްސް ޑަބަލްސް ބައިންނެވެ. މި ބައިގެ ފައިނަލުގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ އާއި އަހްޔަރު އަހްމަދު ހާލިދުގެ ޕެއާ ވާދަކުރީ އިންޑިއާގެ ބެޓަޖީ އާއި ޕްރިތާއާއެވެ. މި މެޗުން ދިވެހި ޕެއާ ބަލިވީ ތިން ސެޓުންނެވެ.

މި މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ޑަބަލްސް ބައިން ދީމާ އާއި މިޝްކާ މުހައްމަދު އިބްރާހީމްގެ ޕެއާ އިން ލޯ މެޑަލް ހޯދިއެވެ. އަދި  19 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ބައިން ރާއްޖޭގެ އުމީރު މުހައްމަދު މުއިއްޒު އާއި އަހްޔަރުގެ ޕެއާވެސް ވަނީ ލޯ މެޑަލް ހޯދާފައެވެ.

މީގެ އިތުރުން މި މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ޑަބަލްސް ބައިން އައިޝަތު އަލްސާ ނާފިޒާއި އައިޝަތު މަލާކް ތާސީންގެ ޕެއާވެސް ވަނީ ލޯ މެޑަލް ހޯދާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް