ads
މަޑިފުށިގައި ފައިބަ ކޭބަލް އޯޕަން އެކްސެސް ނެޓްވޯކުގެ މަސައްކަތް ކުރަނީ--
ފަންބޮނޑީގެ އޯޕަން އެކްސަސް ނެޓްވޯކްގެ ހިދުމަތް މަޑިފުށީގައި ހިދުމަތް ފަށައިފި
ފަންބޮނޑި މޯލްޑިވްސް އިން ތ. މަޑިފުށީގައި ގާއިމް ކުރި ފައިބަރ އޮޕްޓިކް އޯޕަން އެކްސަސް ނެޓްވޯކްގެ މަސައްކަތް ނިމި އުރީދޫ ސުޕަރނެޓާއި އެކު ހިދުމަތް ދޭން ފަށައިފި އެވެ.
Advertisement

މަޑިފުށީ ކައުންސިލް އޮފިސަލަކު ވިދާޅުވީ އެރަށުގައި ފަންބޮނޑިން ގާއިމް ކުރި ނެޓްވޯކް މެދުވެރިކޮށް އުރީދޫ ސުޕަރނެޓްގެ ހިދުމަތް މިހާރު އެރަށް ދޫކޮށްފައިވާ ކަމަށެވެ. 

އޭނާ ބުނީ އިންޓަރނެޓާއި އެކު އެރަށަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށާއި ރައްޔިތުންނާއި ކިޔަވާ ކުދިންނަށް އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. 

ފަންބޮނޑީގެ ސީއޯއޯ އާސިޔާ ސީއެންއެމްއަށް ވިދާޅުވީ އެކުންފުނިން މަޑިފުށީގައި ގާއިމް ނެޓްވޯކްގެ ތެރެއިން އުރީދޫ ސުޕަރނެޓްގެ ހިދުމަތް މިހާރު އެރަށުގެ ރައްޔިތުންނަށް ދޫކޮށްފައިވާ ކަމަށެވެ. 

އާސިޔާ ވިދާޅުވީ އެހެން ވެސް ހިދުމަތްތައް ނެޓްވޯކް ބޭނުން ކުރާ ފަރާތްތަކަށް ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 

ފައިބަރ އޯޕަން އެކްސަސް ނެޓްވޯކަކީ ޒަމާނީ ޓެކްނޮލޮޖީއަށް ވާސިލްވުމަށް ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ބޭނުންކުރާ އިންފްރާސްޓަކްޗަރ ނިޒާމެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް