އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު ދަނގެއްޗާއި ރަންވެލި ރިސޯޓާ ދެމެދުގައި އޮންނަ ފަރެއް ކައިރީގަ އެވެ. އެކްސިޑެންޓުގައި މަރުވެފައި ވަނީ ފ. ފީއައްޔަށް ނިސްބަތްވާ ދޯންޏެއްގައި މަސައްކަތް ކުރި ބަންގުލަދޭޝްގެ ރައްޔިތެކެވެ.
އެ ހާދިސާއާ ގުޅޭ ގޮތުން ފުލުހުން ބުނީ، ދަނގެތި ކައިރިއަށް ފާނަ މަސްވެރިކަމަށް ފައިބައި އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހިފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ ހެނދުނު 7:55ހާއިރު ކަމަށެވެ.
ފުލުހުން އަދި ބުނީ ލޯންޗު ދުއްވަން އިނީ ދިވެއްސެއް ކަމަށާއި އޭނާ މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.