ads
ބީއެމްއެލްއިން ބޭއްވި ކުޑަކުދިންގެ ދުވުން
700 އަށް ވުރެއް ގިނަ ކުދިންނާއިއެކު ބީއެމްއެލްގެ ވާވު ކިޑްސް ރަން ބާއްވައިފި
700 އަށް ވުރެއް ގިނަ ކުދިންނާއި އެކު ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ ވާއު ކިޑްސް ރަން މިއަދު ބާއްވައިފިއެވެ.
Advertisement

ބޭންކް އޮފް މޯލްޑިވްސް އިން ޓޯޓަލް ފިޓްނަސް ގްރޫޕް އާއި ގުޅިގެން ކުރިއަށް ގެންދިޔަ ކުދަކުދިންގެ ދުވުން "ވާއު ކިޑްސް ރޭސް" ބާއްވާފައިވަނީ މިއަދު ހެދުނެވެ. ބީއެމްއެލް އިން ބުނީ މިއަދު ހެނދުނު ބޭއްވި މި ރޭހުގައި 760 އަށްވުރެއް ގިނަ ކުދިން ބައިވެރިވެފައިވާކަމަށެވެ.

ބީއެމްއެލް އިން ވަނީ މިއަހަރު އެ ދުވުމުގައި ބައިވެރިވި ކުޑަކުދިންނާއި އާއިލާތަކަށް ޝުކުރުއަދާކޮށްފައެވެ. އަދި ދުވުމުގައި ބައިވެރި ކުދިންގެ އުފާވެރިކަމާއި ހިނިތުންވުން ފެނުމަކީ ކުންފުންނަށް ލިބޭ ހިތްހަަމަޖެހުމެއްކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި ބާއްވާ ހާއްސަ ހަރަކާތެއްކަމަށެވެ. އެ ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު ވަނީ މެޑަލް ދީފައެވެ. 

މިއީ ބީއެމްއެލް އާއި ޓީއެފްޖީ ގުޅިގެން ބާއްވާ އަށްވަނަ ދުވުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް