ރިޕޯޓްތައް ބުނާ ގޮތުން ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރުގެ ފިރިހެނެކެވެ. އޭނާ، ޕެރިސް އޮލިމްޕިކް ގޭމްސްގައި ބޭނުންކުރާނެ ދަނޑަކަށް ހަމަލާދޭން ރޭވި ކަމުގެ މައުލޫމާތު ލިބިފައިވަނީ ފްރާންސްގެ އިންޓެލިޖެންސަށެވެ. މިއީ ގޭމްސްއާ ދިމާކޮށް ދޭން ރޭވިކަން ފަޅާއެރި ފުރަތަމަ ހަމަލާއެވެ. ޖުލައި މަހުގެ 26 ވަނަ ދުވަހު ފަށާ އޮލިމްޕިކްސްގެ ކުރިން ފްރާންސް އޮތީ ހައި އެލާޓްގަ އެވެ.
ފްރާންސްގެ މީޑިއާތަކުން ބުނާ ގޮތުގައި ހައްޔަރު ކުރި މީހާގެ ކޮމްޕިއުޓަރުން ދަނޑުގެ ފޮޓޯތަކާއި ވީޑިއޯތައް ފެނިފައިވެއެވެ.
ފްރާންސް ސަރުކާރުން ދަނީ ގޭމްސްގެ ސެކިއުރިޓީ ފޯރުކޮށްދިނުމަށް ގާތްގަނޑަކަށް 20،000 ސިފައިންނާއި 40،000 އަށް ވުރެ ގިނަ ފުލުހުން ބޭނުން ކުރަމުންނެވެ. އަދި އެހެން ޤައުމުތަކުގެ ގާތްގަނޑަކަށް 2،000 ސިފައިންނާއި ފުލުހުންގެ އެއްބާރުލުންވެސް ލިބޭނެއެވެ.