ads
އީރާންގެ ކުރީގެ ރައީސް މަހްމޫދު އަހްމަދީނިޖާދް
އަހުމަދީނިޖާދު ރިޔާސީ ރޭހަށް، ހުޅަނގަށް ބޮޑު ބިރެއް..!
އީރާންގައި މި މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް އަހުމަދީނިޖާދު އިއްޔެ ނަން ހުށަހަޅުއްވައިފި އެވެ.
Advertisement

މިދިޔަ މަހު 19 ވަނަ ދުވަހު، ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާއެއްގައި ރައީސް އިބްރާހިމް ރައީސީ އަވަހާރަވުމާ ގުޅިގެން މި މަހުގެ 28 ގައި ބާއްވާ އިންތިހާބަށް ނަން ހުށަހެޅުއްވި އަހްމަދީނިޖާދު، ވަނީ މީގެ ކުރިން ޖެހިޖެހިގެން ދެ ދައުރު އީރާނުގެ ރައީސްކަން ކުރައްވާފަ އެވެ. 2005 ވަނަ އަހަރުން 2013 ވަނަ އަހަރަށް ދެމިގެންދިޔަ އޭނާގެ ވެރިކަމަކީ އިޒްރޭލާ ދެކޮޅަށް ފާޅުގައި އިންޒާރު ދެއްވުމުގައި މަޝްހޫރު ދެ ދައުރެވެ. 

އަދި ހުޅަނގުގެ އިންޒާރުތަކަށް ބެއްލެވުމެއް ނެތި އީރާނުގެ ނިއުކުލިއާ ޕްރޮގުރާމްގެ މަސައްކަތް ކުރެއްވި، ހުޅަނގުގެ ގައުމުތަކުގެ ނުރުހުން ބޮޑު ލީޑަރެކެވެ. 

އަހްމަދީނިޖާދު ނަން ހުށަހެޅުއްވި ނަމަވެސް އެހެން ކެންޑިޑޭޓުންނެކޭ އެއްގޮތަށް އޭނާގެ ނަން ވެސް އިންތިހާބާ ހަމަޔަށް ދާނީ 12 ބޭފުޅުންގެ މައްޗަށް އެކުލެވޭ ހާއްސަ ކައުންސިލަކުން ނަން ފާސްވެއްޖެ ނަމަ އެވެ.

މީގެ ކުރިން 2021 ވަނަ އަހަރާއި 2017 ވަނަ އަހަރު އެ ކައުންސިލުންވަނީ އަހްމަދީނިޖާދަށް އިންތިހާބުގައި ވާދަނުކުރެއްވޭނެކަމަށް ހާއްސަ ކައުންސިލަކުން ވަނީ ނިޖާދު، ޑިސްކޮލިފައި ކަމަށް ކަނޑައަޅާފަ އެވެ. 

އީރާންގެ ގާނޫނު ބުނާގޮތުން ރަައީސް އަވަހާރަވާ ހާލަތުގައި ނުވަތަ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރަން ނުކުޅެދޭ ހާލަތުގައި ބާރުތަކާ ދެން ހަވާލުވެވަޑައިގަންނަވާނީ އެ ގައުމުގެ ފުރަތަމަ ނައިބު ރައީސެވެ. އޭނާ ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެން ގިނަވެގެން 50 ދުވަހުގެ ތެރޭ އާންމު އިންތިުބެއް ބާއްވަން ޖެހޭނެ އެވެ. އެހެންކަމުން ކެންޑިޑޭޓުންގެ ނަންތައް ދިރާސާކުރުމަށް ފަހު މި މަހު 11 ގައި ފައިނަލް ލިސްޓު ނެރެން ވަނީ ނިންމައިފަ އެވެ. 

އަހްމަދީނިޖާދުގެ އިތުރަށް އީރާނުގެ ރައީސްކަމަށް ކުރިމަތިލައްވާ ވަރުގަދަ ކެނޑިޑޭޓުންގެ ތެރޭގައި އެ ގައުމުގެ ބަރުލަމާނުގެ ކުރީގެ ރައީސް އަލީ ލަރިޖާނީއާއި ނިއުކުލިއާ ހަތިޔާރާ ބެހޭ މަޝްވަރާތަކުގައި އިސްކޮށް އުޅުއްވި ސައީދު ޖަލީލީ ހިމެނިވަޑައިގަންނަވަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް