ads
ސްރީލަންކާގައި ފެންބޮޑުވެފައި: ލަންކާގައި ފެން ބޮޑުވުމުގެ ސަބަބުން 10 މީހުން ވަނީ މަރުވެފައި --
ސްރީލަންކާއަށް ކުރަމުންދާ ގަދަ ވިއްސާރައިގެ ދިހަ މަރު
ސްރީލަންކާ އަށް ރިކޯޑު އަދަދަކަށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ހާލުގައި ޖެހި، 10 މީހަކު މަރުވެއްޖެ ކަމަށް ލަންކާ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.
Advertisement

ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ބުނި ލަންކާގައި ފެން ބޮޑުވުމުގެ ސަބަބުން 10 މީހަކު މަރުވެ، ހަ މީހަކު ގެއްލިފައި ވާއިރު 20 މީހަކު ޒަހަމްވެފައި ވެއެވެ. 

އަދި 12000 އަށް ވުރެ ގިނަ މީހުންނަށް ގެއްލުމުގެ ސީދާ އަސަރު ކޮށްފައި ވާއިރު 3500 އަށްވުރެ ގިނަ މީހުން ގެދޮރު ވަނީ ގެއްލިފަ އެވެ.  

ލަންކާގެ 25 އަވަށްތަކުގެ ތެރެއިން 20 އަވަށެއްގައި ފެންބޮޑުވުމުގެ ހާދިސާ ދިމާވެފައިވާއިރު ސަރުކާރުން ވަނީ ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ތިބުމަށާއި ރައްކާތެރިވެ ތިބުމަށް އިލްތިމާސްކޮށްފަ އެވެ. އަދި އެގައުމުގައި މިހާރު ވަނީ ގައުމީ ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.

your imageސްރީލަންކާއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި ފެންބޮޑުވެފައިވާ މަގަކުން މީހަކު ސައިކަލެއްގައި ދުއްވަނީ

ލަންކާ ސިފައިން ބުނީ ގެދޮރު ގެއްލިފައިވާ މީހުނަށް ކާބޯތަކެތި ފޯރުކޮށް ދެމުން ގެންދާ ކަމަށާއި ހާލަތު ބަލައި ކަރަންޓު ނެތް ސަރަހައްދުތަކަށް ކަރަންޓް އަލުން ދޭން ވެސް މަސައްކަތް ކުރާ ކަމަށެވެ.   

"ރިލީފް މަސައްކަތްތަކުގައި އެހީތެރި ވުމަށް ތިން ހެލިކޮޕްޓަރާއި ރެސްކިއު ޓީމެއް މިހާރު ވެސް ހަރަކާތްތެރިވޭ" އެއާފޯސްގެ ތަރުޖަމާނު ކެޕްޓަން ޑޫޝާން ވިޖެސިންގޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެރިރަށް ކޮލަމްބޯ އާއި ދެކުނުގެ އެހެން ސަރަހައްދުތަކުގައި ފެން ބޮޑުވުމުގެ ނުރައްކާ ވަރަށް ހަލުއި ކަމާއެކު އިތުރު ވަމުންދާ ކަމަށެވެ. އާދަޔާ ހިލާފަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ނުވަ ސަރަހައްދުުގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ރިޕޯޓް ލިބިފައިވާކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް