ads
އާރުޓީއެލް ބަހުގެ ހިދުމަތާއި ފެރީގެ ހިދުމަތަށް އެމެރިކަން އެކްސްޕްރެސް ކާޑު މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް މިހާރު ވަނީ ހަމަޖައްސާފައި - ފޮޓޯ:ބީއެމްއެލް
މާލެ ސަރަހައްދުގެ ދަތުރުތަކަށް އެމެކްސް ކާޑުން މިހާރު ފައިސާ ދެއްކޭނެ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން މާލެ ސަރަހައްދުގައި އޮޕަރޭޓް ކުރަމުން އަންނަ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ބަހުގެ ހިދުމަތާއި ފެރީގެ ހިދުމަތަށް އެމެރިކަން އެކްސްޕްރެސް ކާޑު މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސައިފި އެވެ.
Advertisement

އެމްޓީސީސީން ބުނީ އެ ކުންފުނިން މާލެ ސަރަހައްދުގައި ދެމުންދާ ބަހުގެ ހިދުމަތާއި ފެރީގެ ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެމެރިކަން އެކްސްޕްރެސް ކާޑު މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު މިއަދުން ފެށިގެން ހަމަޖައްސާފައިވާ ކަމަށެވެ.

އެ ކުންފުނީގެ "ޓެޕް އެން ގޯ" ފީޗާއިން މިހާރު ކޮންޓެކްޓްލެސް އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑު ސަޕޯޓު ކުރާނެ އެމްޓީސީސީން ބުނެ އެވެ. އެ ކުންފުނިން ބުނެފައި ވަނީ އާރުޓީއެލް ބަހުގެ ހިދުމަތާއި ފެރީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އެމެކްސް ކޮންޓެކްޓްލެސް ކާޑުތަކުގެ އިތުރުން ވިސާ އަދި މާސްޓަކާޑު މެދުވެރިކޮށް ވެސް ފައިސާ ދެއްކޭނެ ކަމަށެވެ.

އެމްޓީސީސީން މީގެ ކުރިން ވަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ހއ. ދިއްދޫ، ލ. ގަން، ލ. ފުނަދޫގެ އިތުރުން ލ. އިސްދޫ/ކަލައިދޫގައި ދެމުން އަންނަ އާރުޓީއެލް ބަސް ހިދުމަތަށް މާސްޓަކާޑު އަދި ވިސާ ކޮންޓެކްޓްލެސް ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ. ހަމައެގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި އެހެނިހެން ބޭންކުތަކުން ދޫކޮށްފައިވާ މާސްޓަ ކާޑު ނުވަތަ ވިސާ ކާޑަކީ ކޮންޓެކްޓްލެސް ޑެބިޓް އަދި ކްރެޑިޓް އީއެމްވީ ކާޑެއް ނަމަ، އެ ކާޑެއް މެދުވެރިކޮށް އަތޮޅުތެރޭގެ އާންމު ބަހުގެ ހިދުމަތުގެ ޓިކެޓު ގަނެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ.

އާރުޓީއެލް ބަހުގެ ހިދުމަތް 65 އަހަރުން މަތީގެ މީހުންނަށާއި ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީ ކާޑު ދެއްކުމުން ހިލޭ ލިބޭނެ އެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން (އެންސްޕާ) އިން ދީފައިވާ ކާޑު ދެއްކުމުން ހިލޭ ދަތުރު ކުރެވޭނެ އެވެ. އޭގެ އިތުރުން ޔުނިފޯމްގައި ތިބޭ ސްކޫލު ކުދިންނަށާއި ކޮލެޖް އަދި ޔުނިވާސިޓީގައި ކިޔަވާ ދަރިވަރުންނަށް ސްޓޫޑެންޓް ކާޑު ދެއްކުމުން ބަހުގައި ހިލޭ ދަތުރު ކުރެވޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް