ޔޫރޯ ފުޓްބޯޅަ މުބާރާތް މި މަހުގެ 14 ވަނަ ދުވަހު ފަށާއިރު، މިއީ ދިވެހިންގެ މެދުގައި އަބަދުވެސް މަގުބޫލު މުބާރާތެކެވެ.
މި ފަހަރުގެ ޔޫރޯގެ ހުރިހާ މެޗެއް ގައުމީ ޓީވީން ވަގުތުން ފޮނުވާނެއެވެ. ޔޫރޯގެ މެޗުތައް ވަގުތުން ގެނެސްދިނުމަށް ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ "ޕީއެސްއެމް ފޯރި 2024" ކަވަރޭޖް ލޯންޗުކުރުމަށް ބޭއްވި އިވެންޓްގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ފުޓްބޯޅަ ފޯރިއާއެކު އެއް އާއިލާއެއްގެ ގޮތުގައި އެ ފޯރި ނަގައި، އެ ޖޯޝާއި އުފާވެރިކަން މުޅި ރާއްޖެއަށް ގެނެސްދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތަކީ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި މަގުބޫލު މުބާރާތެކެވެ. ފީފާ ވޯލްޑްކަޕަށް ފަހު، އެންމެ ގިނަ ބަޔަކު ރާއްޖޭގައި އަބަދުވެސް ބަލާ އެންމެ ބޮޑު އެއް ފުޓްބޯޅަ މުބާރާތަކީ މަހެއްހާ ދުވަހަށް ދެމިގެންދާ، ހަތަރު އަހަރުން އެއް އަހަރު އޮންނަ ޔޫރޯއެވެ.
ޔޫރޯ އޮންނާނީ ޖޫން މަހުގެ 14 އިން ޖުލައި 14 އަށެވެ. ޖަރުމަނުގެ 10 ސިޓީއެއްގައި އޮންނަ ޔޫރޯ މުބާރާތުގައި ޖުމުލަ 24 ޓީމު ވާދަކުރާނެއެވެ. މުބާރާތުގައި މުޅި އެކު 51 މެޗު ކުޅޭނެ އެވެ.