ބީއެމްއެލުން ބުނީ އެ ބޭންކުން ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ހަމައެކަނި ޑޮލަރު ޖަމާކުރެވޭ އޭޓީއެމްއެއް ބޭންކުގެ މެއިން ބްރާންޗްގެ ސެލްފް ސާވިސް ބޭންކިން ސެންޓަރުގައި ބަހައްޓާފައިވާ ކަމަށެވެ.
މި އޭޓީއެމް އާއެކު ކަސްޓަމަރުންނަށް ޑޮލަރު ޖަމާކުރަން ބޭންކު ބްރާންޗްގެ ކިޔުގައި ނުޖެހި ޑޮލަރު ޖަމާކުރުމަށް ފަސޭހަވާނެ ކަމަށް ބީއެމްއެލުން ބުނެ އެވެ.
ބީއެމްއެލުން މާލޭގައި ހިންގަމުން އަންނަ ޑޮލަރު އޭޓީއެމް ސެންޓަރު ހުންނަނީ ބީއެމްއެލްގެ މަޖީދީ މަގު ބްރާންޗު ހުންނަ މ. ސްޓާ ކްލައުޑް، ކުރީގެ ސްޓާ ސިނަމާ ހިންގި އިމާރާތުގަ އެވެ.
މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ހުޅުމާލޭގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ސެންޓަރުތައް ހުރެ އެވެ.