މި ކޮމެޓީއަކީ ސަރުކާރު ކުންފުނިތަކާއި ގުޅޭ މައްސަލަތައް ބެލުމަށް ހާއްސަ ކުރެވިފައިވާ މަޖިލީހުގެ ދާއިމީ ކޮމެޓީ އެކެވެ. ކޮމެޓީގައި ތިއްބަވާނީ 11 މެންބަރުންނެވެ. އެސްއޯއީ ކޮމިޓީގެ ނައިބު މުގައްރިރު ކަމަށް އައްޔަނުކޮށްފައިވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން އެވެ.
އެސްއޯއީ ކޮމެޓީގައި ތިއްބަވާ މެންބަރުން:
1. ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު (މުގައްރިރު)
2. ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން (ނައިބު މުގައްރިރު)
3. މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
4. ތޮއްޑޫ ދާއިރާގެ މެމްބަރު ހުސެއިން ސަމީރު
5. ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަފް
6. ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް
7. ގަމު ދާއިރާގެ މެންބަރު ޔޫފުފް ނަޝީދު
8. ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ
9. ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު
10. ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ
11. މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު
- ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމެޓީ
ސަރުކާރު ކުންފުނިތަކާ ބެހޭ (އެސްއޯއީ) ކޮމިޓީގެ ޒިންމާއަކީ ދައުލަތް ހިއްސާވާ ކުންފުނިތަކާއި ވިޔަފާރި އިދާރާތަކުގެ ކަންކަން ބެލުމެވެ. މަޖިލިހުގެ ގަވައިދުގައި އެކަން އޮތީ ވަރަށް ސާފުކޮށް ފަހިކޮށްދީފަ އެވެ. ދައުލަތް ހިއްސާވާ ކުންފުނިތަކާއި ވިޔަފާރި އިދާރާތައް ޒިންމާދާރު ކުރުވުމުގެ ހުރިހާ ބާރެއް ހެން އެސްއޯއީ އަށް އޮތީ ދީފައެވެ.
އެސްއޯއީ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދައުލަތް ހިއްސާވާ ކުންފުނިތަކާއި ވިޔަފާރި އިދާރާތަކުގެ މާލީ ހިސާބުތައް ބަލައި ދިރާސާ ކުރުން ހިމެނެ އެވެ. އެ ތަންތަން ހިނގަމުން ދަނީ ނުވަތަ ހިންގަނީ ހަރުދަނާ ވިޔަފާރީގެ އުސޫލުންތޯ ބެލުމާއި ހިންގުން ހަރުދަނާ ކުރުމަށް އެއްވެސް މަސައްކަތެއް ކުރޭތޯ އާއި މާލީ ހާލަތު ދަނީ ހަރުދަނާވަމުންތޯ ނުވަތަ ނިކަމެތިވަމުންތޯ ބެލުން ވެސް ހިމެނެ އެވެ.
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރޭޓައިޒް ކުރުމާއި މޮނިޓަކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގައި އެ ތަންތަން ހިނގާ ނުހިނގާ ގޮތް ބެލުން ފަދަ ޕްރައިވެޓައިޒޭޝަން ބޯޑަށް ލިބިގެންވާ ބައެއް ބާރުތައް ވަނީ އެސްއޯއީ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމަނައިފަ އެވެ.