ads
ބްރޫނޯ ފެނާންޑެސް އެފްއޭކަޕްގެ ތަށި ހިފައިގެން
ބުރޫނޯ ފެނާންޑޭސް ޖަރުމަނުގެ ބަޔާން މިއުނިކަށް
މެންޗެސްޓަރ ޔުނައިޓެޑުގެ ކެޕްޓަން ބުރޫނޯ ފޭނާންޑޭސްގެ ސޮއި ހޯދަން، ޖަރުމަންގެ ބަޔާން މިއުނިކުން މަސައްކަތް ފަށައިފި ކަމަށް ޕޯޗުގަލްގެ މީޑިއާއިން ބުނެފިއެވެ.
Advertisement

މެންޗެސްޓާ ޔުނައިޓެޑު ދޫކޮށްލަން ބޭނުން ނުވާ ކަމަށާއި މުޅި ދުނިޔޭންވެސް އޭނާ އެންމެ ލޯބިވަނީ ޔުނައިޓެޑު ދެކެ ކަމަށް ދާދި ފަހުން ބްރޫނޯ ފެނާންޑޭސް ބުނެފައިވަނިކޮށް، ބަޔާން މިއުނިކްގެ އޮފިޝަލުން، ފެނާންޑޭސްގެ އެޖެންޓުންނާ ޕޯޗުގަލްގައި ބައްދަލުކޮށްފައިވާ ކަމަށް ޕޯޗުގަލްގެ މީޑިއާތަކުންވަނީ ރިޕޯޓްކޮށްފައެވެ. އެފްއޭކަޕް ކާމިޔާބު ކުރުމަށް ފަހު، ފެނާންޑޭސް މި ވަގުތު ހުރީ ޔޫރޯގައި ވާދަކުރާ ޕޯޗުގަލް ސްކޮޑާއެކު އެ ގައުމުގައެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ބަޔާން މިއުނިކުން ފެނާންޑޭސްގެ ސޮއި ހޯދަން ބޭނުންވެ އެކަމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެހެންނަނަމަވެސް އެ ކްލަބަކުންވެސް އަދި ފެނާންޑޭސްގެ ފަރާތަކުންވެސް ރަސްމީކޮށް މިކަމުގައި އެއްޗެއް ނުބުނެއެވެ. އަދި ޔުނައިޓެޑުންވެސް އެކަމާ ގުޅޭ ގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ފެނާންޑޭސްވަނީ އެފްއޭކަޕް ފައިނަލްގެ ކުރިން، އޯލްޑް ޓްރެފޯޑްގައި އޭނާ މަޑުކުރަން ބޭނުންވާ ކަމަށާއި ނަމަވެސް އޭނާ ބޭނުންވަނީ އެ ކްލަބުންވެސް އޭނާގެ އުންމީދުތަކާ އެއްވަރަށް ކަންކަން ހަމަ ޖައްސައިދިނުން އެދޭ ކަމަށް ބުނެފައެވެ.

ސްޕޯޓިން ލިސްބަން އިން 2020 ވަނަ އަހަރު އެ ކްލަބާ ގުޅުނު މިޑްފީލްޑަރު ވަނީ ޔުނައިޓެޑަށް ކުޅުނު 232 މެޗުގައި 79 ގޯލް ޖަހައިފަ އެވެ. ކްލަބުގައި މަޑު ކުރަން ބޭނުންވާ ކަމަށް ފެނާންޑޭސް ބުނިއިރު، ފެނާންޑޭސް އޭޕްރީލް މަހު ޑޭޒްން އަށް ދިން އިންޓަވިއުއެއްގައި އޯލްޑް ޓްރެފޯޑްގައި އޭނާގެ މުސްތަގުބަލާ މެދު ޝައްކު އުފެދިފައިވާ ކަމަށްވަނީ ބުނެފައެވެ.

ޔުނައިޓެޑުގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަރްނާންޑޭޒް ވަނީ ތިންވަނަ ފަހަރު ހޯދާފައެވެ. ފެނާންޑޭސް ވުރެ ގިނަ ފަހަރު މި އެވޯޑް ހޯދާފައިވަނީ ހަމައެކަނި ޑޭވިޑް ޑިހެއާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އުމުރުން 29 އަހަރުގެ ޔުނައިޓެޑުގެ ކެޕްޓަންކަން 2023 ވަނަ އަހަރު ފެނާންޑޭސްއަށް ދިނީ ހެރީ މަގޫއާގެ އަތުން ބޭންޑް އަތުލުމަށް ފަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް