ads
އަބްދުއްރަހީމް ތުރުކީގެ ސަފީރުކަމަށް އައްޔަންކުރަން ރުހުން ހޯދަނީ
ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ކުރިން ހުންނެވި، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަޠީފް ތުރުކީގައި ހުންނަ ދިވެހި ސަފީރުކަމަށް އައްޔަންކުރަން މަޖލީހަށް ފޮނުވައިފިއެވެ.
Advertisement

އަބްދުއްރަހީމް އެ މަގާމަށް އައްޔަންކުރަން ރައީސް މުއިއްޒު ވަނީ މަޖިލީހަށް ފޮނުވާފައެވެ. އަދި އަބްދުއްރަހީމްގެ ނަން މަޖިލީހުން  ދިރާސާކުރަން ކޮމެޓީއަށް ވަނީ ފޮނުވާފައެވެ. 


ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުންނަވާ ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވީ މިދިޔަ އޭޕްރިލް މަހުގެ 18 ވަނަދުވަހުއެވެ. އޭނާ އުމުރުން 60  އަހަރުގައި ސިފައިންގެ ހިދުމަތުން ރިޓަޔާކޮށްފައިވަނީ 39 އަހަރުގެ ހިދުމަތަށްފަހުއެވެ. 

އަބްދުއްރަހީމް ސިފައިންގެ ހިދުމަތާ ގުޅިވަޑައިގަތީ 1985 ފެބުރުވަރީ 18 ވަނަ ދުވަހުއެވެ. ސިފައިންގެ ހިދުމަތުގައި އަބްދުއްރަހީމް ވަނީ ސިފައިންގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ސިފައިންގެ ތަފާތު ދާއިރާތަކުގައި އަގުހުރި ހިދުމަތްތަކެއް ކުރައްވާފައެވެ. 
އޭގެތެރޭގައި، ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު ހިމެނެއެވެ.

your imageމުހައްމަދު ތޯހާ: ޕާކިސްތާނުގެ ސަފީރަކަށް އައްޔަން ކުރަން މަޖިލިހަށް އޭނާގެ ނަން ވަނީ ފޮނުއްވާފައި

ރައީސް މުއިއްޒު ވަނީ ސަފީރުކަމަށް ސައުދީ އަރަބިއްޔާއަށްް އައްޔަންކުރަން މަޖިލީހުން ރުހުން ދީފައިވާ މުހައްމަތު ތާހާ ސައުދީއަށް އައްޔަން ނުކުރަން ނިންމަވާފައެވެ. އަދި އޭނާ ޕާކިސްތާނުގައި ހުންނަވާ ސަފީރުކަމަށްް އައްޔަންކުރަން ރުހުން ހޯދަން އަލުން ތަހާގެ ނަން ވަނީ މަޖިލީހަށް ފޮނުވާފައެވެ. 

ސައުދީ އަރަބިއްޔާގައި ހުންނަވާ ސަފީރުގެ މަގާމަށް މުހައްމަތު ތާހާ އައްޔަންކުރަން މަޖިލީހުން ރުހުން ދިނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 33 މެމްބަރުންގެ އިއްތިފާގުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް