ads
ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅީފަޅަށް ގޯތި ބަދަލުކުރުމަށްް އެދުނު މީހުންގެ ތެރެއިން ބައެއް މީހުން އަމިއްލައަށް ނަންކޮޅު ގުރުނަގާ ފޮއްޓަށް ލަނީ
އަމިއްލައަށް ނަންކޮޅު ލަމުން ދަނީ،، ގުރު ނެގުން 12:00 ޖަހާއިރު
ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅީފަޅަށް ގޯތި ބަދަލު ކުރުމަށްް އެދުނު މީހުންގެ ގުރުއަތު ނެގުން މިއަދު 12:00 ގައި އޮންނާނެއެވެ.
Advertisement

ހައުސިން މިނިސްޓްރީން ބުނީ ގިރާވަރުފަޅުން ލިބިފައިވާ ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ހުށައެޅުއްވި ފަރާތްތަކުގެ ތެރެއިން އަމިއްލައަށް ނަންކޮޅު ފޮއްޓަށް ލާން ބޭނުންވާ ފަރާތްތަކުގެ ނަން ކަރުދާސްކޮޅު ފޮއްޓަށްލުން ފުރުސަތު ދީފައިވާކަމަށެވެ. ގުރުނެގުމަށް ހަމަޖެހިފައިވާ ފޮއްޓަށް އަމިއްލައަށް ނަންކޮޅުލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނީ ހެނދުނު 9:00 އިން 10:00 އަށެވެ.  

ހާޒިރުވެވެން ނެތް ފަރާތްތަކުގެ ނަންކޮޅު ފޮއްޓަށްލާނީ މިނިސްޓްރީގެ ފަރާތުންކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.  ގުރު ނަގަން ފަށާނީ މެންދުރު 12:00 ޖަހާއިރުއެވެ. 

ގުޅީފަޅަށް ގޯތި ބަދަލު ކުރުމަށް ހުޅުވާލި ފުރުސަތު ހަމަވިއިރު ގޯތި ބަދަލުކުރުމަށް 2210 މީހުން ވަނީ އެދިފައެވެ. 

ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރާ ގޯތީގެ އަދަދާއި ބޮޑުމިން ކުރިމަތިލީ އަދަދު 

  • 1250  އަކަފޫޓުގެ 193 ގޯއްޗަށް / 1093 މީހުން ކުރިމަތިލި 
  • 1650  އަކަފޫޓުގެ 663 ގޯއްޗަށް / 880 މީހުން ކުރިމަތިލި 
  • 2050  އަކަފޫޓުގެ 487 ގޯއްޗަށް / 234 މީހުން ކުރިމަތިލި 
  • 2450  އަކަފޫޓުގެ 4 ގޯއްޗަށް / 3 މީހުން ކުރިމަތިލި 

ގުރުއަތުން ނެގުން އޮންނާނީ 1250 އަކަފޫޓާއި 1650 އަކަފޫޓް ގޯތިތަކަށް ކުރިމަތިލީ މީހުންގެ މެދުގައިކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. 


ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް