ads
މާލީ ހާލަތު ބަލަން ފިނޭންސް މިނިސްޓަރު ކޮމެޓީއަށް ހާޒިރުކުރަނީ
ރާއްޖޭގެ މާލީ ހާލަތު ދެނެގަތުމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން، އެ ކޮމިޓީން ނިންމައިފިއެވެ.
Advertisement

ފިނޭންސް މިނިސްޓަރު ޝަފީގު ކޮމެޓީއަށް ހާޒުރުކުރަން ހުށައެޅި ސަރުކާރުގެ މެމްބަރު އަދި ރައްޔިތުން މަޖިލީހުގައި ނައިބު ރައީސް ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމްއެވެ. ނާޒިމްގެ މި ހުށަހެޅުމަށް ކޮމެޓީން ފާސްކުރީ ކޮމެޓީ މެންބަރުންގެ އިއްތިފާގުންނެވެ.

މިނިސްޓަރު ހާޒިރުކުރަން ހުށައަޅުއްވަމުން ނާޒިމް ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތް މަޖިލީހަށް ރަނގަޅަށް އެގެންޖެހޭކަމަށެވެ. 

"މިހާރު މާލީ ހާލަތު އޮތް ގޮތް އަޅުގަނޑުމެން އެބަޖެހޭ ވަރަށް ރަނގަޅަށް ދެނެގަންނަން، ސާފުކުރަން، އެހެންވީމަ އަޅުގަނޑު އެންމެ ފުރަތަމަ ކަމަކަށް ކޮމިޓީގެ ހުރިހާ މެންބަރުންވެސް ތިއްބަވައިގެން ކޮމިޓީއަށް ތެދު ސައްހަ މައުލޫމާތު ދެއްވުމަށް ފިނޭންސް މިނިސްޓަރަށް ދަންނަވަން އަޅުގަނޑަށް ފެނޭ،" ނާޒިމް ވިދާޅުވިއެވެ.

މާލިއްޔަތު ކޮމެޓީ

 1. ގާސިމް އިބްރާހިމް (މުގައްރިރު)

 2. އަހްމަދު ސަލީމް (ނައިބު މުގައްރިރު)

 3. އަހްމަދު ނާޒިމް (މަޖިލިސް ނައިބު ރައީސް)

 4. މުހައްމަދު މަމްދޫހް (ފުނަދޫ ދާއިރާ)

 5. އަހްމަދު އަޒާން (ހިތަދޫ މެދު ދާއިރާ)

 6. އަބްދުﷲ ޝަރީފް (ކެލާ ދާއިރާ)

 7. ހަމަދު އަބްދުﷲ (ފުވައްމުލަކު އުތުރު ދާއިރާ)

 8. އިބްރާހިމް ސުޖާއު (ބާރަށު ދާއިރާ)

 9. އަސަދުﷲ ޝިހާބް (ގެމަނަފުށީ ދާއިރާ)

 10. އަބްދުﷲ ޝަމްހީދު (ހުޅުމާލެ ދެކުނު ދާއިރާ)

 11. އަބްދުލްގަފޫރު މޫސާ (ހަނިމާދޫ ދާއިރާ)

11 މެމްބަރުން ތިއްބަވާ މި ކޮމެޓިގައި ހިމެނޭ އެމްޑީޕީގެ ދެ މެމްބަރުންކަމަށްވާ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝަމްހީދާއި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާވެސް ވަނީ މި ހުށައެޅުމަށް ތާއީދުކޮށްފައެވެ. ކޮމެޓީއަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް ހާޒިރުކުރާނެ ތާރީހެއް ނުނިންމައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް