ads
ޕީއެންސީ ޕީޖީ ގްރޫޕް
ބިލު ބޭރުކުރިޔަސް އެންމެންނަށް ވެސް ގޯތި ލިބޭނެ: ޕީއެންސީ
ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބުނު އެންމެންނަށް ގޯތި ދޫކުރާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދަވާނެ ކަމަށް ޕީއެންސީ ޕާލަމެންޓަރީ ގްރޫޕުން މިއަދު ބުނެފި އެވެ.
Advertisement

ބިމާ ބެހޭ ގާނޫނަށް 19 ވަނަ މަޖިލީހުން ގެނައި އިސްލާހު ފާސްކޮށް ތަސްދީގު ކުރަން ރައީސަށް ފޮނުވިނަމަވެސް އެބިލު ތަސްދީގު ނުކޮށް އަނބުރާ މަޖިލީހަށް ވަނީ ފޮނުވާލައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ ބިލު ބޭރުކޮށްލައިފަ އެވެ.

ބިލާ މެދު އަލުން ގޮތެއް ނިންމުމަށް ބަހުސްކޮށް އެމްޑީޕީގެ މެންބަރުން ހުށަހެޅުއްވީ ބިލު ކޮމިޓީއަށް ފޮނުވައި އަލުން ދިސާރާކުރުމަށެވެ. ނަމަވެސް އެކަމަށް ނެގި ވޯޓުގައި 75 މެންބަރުން ދެކޮޅަށް ވޯޓު ދެއްވިއިރު، އެއްކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 12 މެންބަރުން އެކަންޏެވެ. އެހެންވެ އެ ހުށަހެޅުން ފާހެއް ނުވި އެވެ.

އެ ހުށަހެޅުން ފާސްނުވުމާ ގުޅިގެން މަޖިލިސް ގަވައިދުގައިވާ ގޮތުގެ މަތިން ބިލް އޮތް ގޮތަށް ފާސްކުރަން ވޯޓު ނެގި ނަމަވެސް، ސަރުކާރަށް މެޖޯރިޓީ އޮތް މަޖިލީހުން ވޯޓު ދިނީ ބިލު ބޭރުކޮށްލުމަށެވެ. ބިލު ފާސްކުރުމާ ދެކޮޅަށް 76 މެންބަރުން ވޯޓު ދެއްވި އެވެ. ފާސްކުރަން ވޯޓު ދިނީ އެމްޑީޕީގެ މެންބަރުންގެ އެކަންޏެވެ.

ޕީއެންސީ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ އެ ބިލު ބޭރުކުރިޔަސް އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދު ރައީސް މުއިއްޒު ފުއްދަވާނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް މާލެ ސަރަހައްދުން ގޯތި ލިބުނު އެންމެންނަށްވެސް އެތަންތަން ހަވާލުކުރާނެ ކަަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހް ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީން ހުށަހެޅި އެ އިސްލާހުގައި ފުށު އަރާ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. އެގޮތުން ބައެއް މީހުންނަށް ގޯތީގެ ރެޖިސްޓްރީ ހަވާލު ކުރެވުނުއިރު، އެ ގޯތި އޮތްތަން ނޭނގުން ފާހަގަކުރެއްވިއެވެ.

"ގިނަ އަދަދެއްގެ ގޯތި ދީފައި ހުރި ބޭފުޅުންނަށް ގޯތި ދީފައި ހުރީ އަދި ނުހިއްކާ ބިންތަކުން، އޭގެ މާނައަކީ އެ ރަޖިސްޓްރީއަކީ މިހާރު ބިމާ ބެހޭ ގާނޫނަށް ބަލައިފި ކަމަށް ވަންޏާ ފުށުއަރާ އެކަމާއި ދޭތެރޭގައި ގާނޫނީގޮތުން މައްސަލަތައް ހުރި ކަންކަމަށް އެބަވޭ،". އޭނާ ވިދާޅުވި އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވީ، މި ބިލް މަޖިލީހުން ބޭރުކޮށްލުމަކުން ރައްޔިތުންނަށް ލިބެން ޖެހޭ ގޯތި ލިބުމަށް އެއްވެސް ހުރަހެއް ނެތް ކަމުގެ ޔަގީންކަން އަރުވާ ކަަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ހުޅުމާލެ 2 އަދި އަލަށް ހިއްކާ ހުޅުމާލޭ 3 އަކާއި ގުޅިފަޅާއި ގިރާވަރުފަޅުން 9،000 ގޯތި ދީފަ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކަށް ރަޖިސްޓަރީ އާއި ބައެއް މީހުންނަށް ބިންތައް އޭރު ވެސް ހަވާލުކުރި އެވެ.

ސަރުކާރުން އަންނަނީ ރަޖިސްޓްރީއާ ހަވާލު ނުވާ ފަރާތްތަކަށް އަލުން އެ ފުރުސަތު އެކި ފަހަރު މަތިން ދެމުންނެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް