ads
ޑަބްލިއުޓީއެމް ލަންޑަންގައި ބައިވެރިވުމުގެ ފުރުސަތު އެމްއެމްޕީއާރުސީން ވަނީ ހުޅުވާލާފައި - ފޮޓޯ:އެމްއެމްޕީއާރުސީ
ޑަބްލިއުޓީއެމް ލަންޑަންގައި ބައިވެރިވުމުގެ ފުރުސަތު އެމްއެމްޕީއާރުސީން ހުޅުވާލައިފި
ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ލަންޑަން 2024 ޓްރޭޑް ފެއާގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ހުޅުވާލައިފި އެވެ.
Advertisement

އެމްއެމްޕީއާރުސީން ބުނީ އަންނަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުން ހަތް ވަނަ ދުވަހަށް ލަންޑަންގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޑަބްލިއުޓީއެމް ލަންޑަން 2024 ގައި މި އަހަރު ވެސް ބައިވެރިވާނެ ކަމަށެވެ. އެ ކޯޕަރޭޝަނާ އެކު މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އެމްއެމްޕީއާރުސީން މިހާރު ވަނީ ހުޅުވާލާފަ އެވެ.

އެމްއެމްޕީއާރުސީން ބުނެފައި ވަނީ ދުނިޔޭގެ އެންމެ މަޝްހޫރު ޓްރެވަލް ޓްރޭޑް އިވެންޓް ކަމަށްވާ ޑަބްލިއުޓީއެމް ލަންޑަންއަކީ އިނގިރޭސިވިލާތުގެ ދަތުރުފަތުރުގެ ދާއިރާގެ މުހިންމު މަންދޫބުންނާ ގުޅުމަށް ތަފާތު ޕްލެޓްފޯމެއް ފޯރުކޮށްދޭ އިވެންޓެއް ކަމަށެވެ. މި ވަގުތު އިނގިރޭސިވިލާތަކީ ތިންވަނައަށް އެންމެ ބޮޑު ސޯސް މާކެޓެވެ. މި އަހަރުގެ އެޕްރީލު މަހުގެ ނިޔަލަށް 75،347 އަށް ވުރެ ގިނަ އެރައިވަލްސް ވަނީ މި މާކެޓުން ރެކޯޑު ކުރެވިފައި ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި ޑަބްލިއުޓީއެމް ލަންޑަންގައި އެ ކޯޕަރޭޝަނުގެ މަގުސަދަކީ ރާއްޖޭގެ ތަފާތުކަމާއި ރީތިކަމާއި އެކިއެކި ހުށަހެޅުންތައް ދައްކާލައިގެން ބްރޭންޑް އެވެއާނަސް ހަރުދަނާ ކުރުން ކަމުގަ އެވެ. ސްޓްރެޓެޖިކް ނެޓްވޯކިން މެދުވެރިކޮށް، އިނގިރޭސިވިލާތާއި ބައިނަލްއަގުވާމީ ދަތުރުފަތުރު ވިޔަފާރީގެ މުހިންމު ބައިވެރިންނާ ގުޅުންތައް ގާއިމުކޮށް، ފަތުރުވެރިކަމުގެ އާ އުފެއްދުންތަކާ ބެހޭ އިންޑަސްޓްރީގެ އަޕްޑޭޓްތައް ޕާސަނަލައިޒްޑް އެންގޭޖްމަންޓާއި އިން-ޕާސަން ބައްދަލުވުންތަކުގައި ހިއްސާކުރާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ. އެ ކޯޕަރޭޝަނުން ބުނީ ގުދުރަތީ ގޮތުން ރައްކާތެރި މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓުކުރާނެ ކަމަށެވެ.

މި ހަރަކާތުގެ އެންމެ މުހިންމު ކަމަކީ ވިޒިޓް މޯލްޑިވްސް އާއެކު ބައިވެރިވާ ކޯ އެގްޒިބިޓަރުންގެ އުފެއްދުންތަކާއި ޕްރޮޕަޓީތައް ދުނިޔޭގެ ފަރާތްތަކަށް ދައްކާލުމަށް ޕްލެޓްފޯމެއް ހޯދައިދިނުން ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ. އެމްއެމްޕީއާރުސީން ބުނެފައި ވަނީ އިންޑަސްޓްރީ ޕާޓްނަރުންނާ އެކު މި އިވެންޓުގައި ބައިވެރިވުމަށް ދައުވަތުދީ ސާކިއުލާއެއް ކުރިއަށް އޮތް ދުވަސްތަކުގައި ފަތުރާނެ ކަމަށެވެ.

ޑަބްލިއުޓީއެމް ލަންޑަން 2024 ގައި ބައިވެރިވުމަކީ އިނގިރޭސިވިލާތުގެ ފަތުރުވެރިންނަށް ލީޑިން ލަގްޒަރީ ޓްރެވަލް މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު ވަރުގަދަވެގެންދާނެ ހަރަކާތެކެވެ. މި ހަރަކާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަތުރުވެރިކަމުގެ ދާއިރާއަށް ނިސްބަތްވާ ކުންފުނިތަކުން މި މަހުގެ 26 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެ ކޯޕަރޭޝަނުގެ މެންބަރު ޕޯޓަލް މެދުވެރިކޮށް ބައިވެރިވުމުގެ ތަފްސީލު ހޯދުމަށް އެމްއެމްޕީއާރުސީން އެދެ އެވެ. އަދި މި އިވެންޓުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2024 ވަނަ އަހަރަށް މެމްބަޝިޕް ރަޖިސްޓްރޭޝަން ފުރިހަމަވެފައިވާކަން ޔަގީން ކުރުމަށް ވެސް އެމްއެމްޕީއާރުސީން ވަނީ އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް