ރާއްޖޭގެ ރަށްރަށުގައި އާ މިސްކިތް އިމާރަތްކޮށް، މިހާރު ހުރި މިސްކިތްތައް އާބާތުރަ ފިލުވުމަށް ސަރުކާރުން ގެންދަނީ މަސައްކަތްކުރައްވަމުންނެވެ. ދައުލަތުގެ ބަޖެޓުންނާއި ބޭރުގެ އެހީގެ އިތުރުން އާއްމުންގެ އެހީތެރިކަމާއެކު މިމަސައްކަތް އަންނަނީ ކުރަމުންނެވެ.
އިހަވަންދޫގައި އަޅާ މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް އާސިމް އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މި މިސްކިތަކީ 150 މީހުންނަށް ނަމާދުކުރެވޭ ގޮތަށް އިމާރާތްކުރާ މިސްކިތެއް ކަމަށެވެ.
އަމިއްލަ ފަރާތަކުން އިހަވަންދޫގައި މިސްކިތެއް ބިނާކުރުމަށް ނިންމާފައިވާއިރު، ހުޅުމާލޭގައި ދެ މިސްކިތް ބިނާކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ.