ads
އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ރިޔާސަތުގައި ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
މޯދީއަށްް ޗެއާޕާސަން ފައްޔާޒުގެވެސް މަރުހަބާ
އިންޑިއާގެ އާއްމު އިންތިހާބު ކާމިޔާބުކޮށް 3 ވަނަ ދައުރެއް ކަށަވަރުކުރެއްވުމުން، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
Advertisement

ފައްޔާޒު އެއކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިންޑިޔާއަކީ ދިވެހިރާއްޖެއަށް ވަރަށް އަގުހުރި ރަހުމަތްތެރިއެއްކަމާއި ދެ ގައުމުގެ އޮތީ ގާތް ގުޅުމެއްކަން ފާހަގަކުރައްވާފައެވެ. އަދި މޯދީގެ މި ދައުރުގައިވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ އެކުގައި ގިނަ މަސައްކަތްތަކެއް ކުރެވޭނެކަމަށްް މަގުތަކެއް ފަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާކަމަށެވެ. 

މިދިޔަ މަހު ފަށައި މި މަހު ނިންމާލި ބިޔަ އިންތިހާބުގެ ނަތީޖާ މިހާރު އިއުލާނުކުރަމުން ދާއިރު، މިހާތަނަށް ވޯޓުގެ 95 ޕަސެންޓް ގުނާފައި ވާއިރު ބީޖޭޕީގެ ވޯޓުގެ ނިސްބަތަކީ 36.9 ޕަސެންޓެވެ. މިއީ 2019 ވަނަ އަހަރުގެ އިންތިހާބާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.

ބޮޑުވަޒީރު މޯދީއަށް އޭނާގެ ވާދަކުރެއްވި ވަރްނާސީ ސިޓީގެ ދާއިރާއިން ކާމިޔާބު ހޯއްދެވުނީ 152،000 ވޯޓުގެ ތަފާތަކުންނެވެ. އެކަމަކު އެންމެ ފަހުން އޭނާ ކާމިޔާބުކުރެއްވި އިރު ބައި މިލިއަން ވޯޓުގެ ފަރަގު ހުއްޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް