ads
ރާއްޖެ އައި ފަތުރުވެރިންތަކެއް: އަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު ނުވަ ލައްކައިން މައްޗަށް ވަނީ އަރާފައި - ފޮޓޯ:އިންޓަކޮންޓިނެންޓަލް މޯލްޑިވްސް
އަހަރުގެ މިހާތަނަށް ނުވަ ލައްކަ ފަތުރުވެރިން
މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ނުވަ ލައްކައިން މައްޗަށް އަރާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
Advertisement

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން،

  • ހޯމަ ދުވަހުގެ ނިޔަލަށް ޖުމްލަ 903,775 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައި
  • މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރީ 821,248 ފަތުރުވެރިން
  • މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 10.0 އިންސައްތައިގެ ކުރިއެރުމެއް

މި މަހުގެ ފުރަތަމަ ތިން ދުވަހު 11,530 ފަތުރުވެރިން ވަނީ އައިސްފަ އެވެ. އަހަރުގެ މިހާތަނަށް އެވްރެޖުކޮށް ދުވާލަކު 5,831 ރާއްޖެއަށް ޒިޔާރަތް ކުރެ އެވެ. މި މުއްދަތުގައި އައި ފަތުރުވެރިން އެވްރެޖުކޮށް 7.8 ދުވަސް ރާއްޖޭގައި ވަނީ ހޭދަކޮށްފަ އެވެ.

އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާ ގައުމުތަކަކީ:

  • ޗައިނާ - 102,075 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 11.3 އިންސައްތަ)
  • ރަޝިއާ - 91,618 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 10.1 އިންސައްތަ)
  • އިނގިރޭސިވިލާތް - 85,840 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 9.5 އިންސައްތަ)
  • އިޓަލީ - 75,648 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 8.4 އިންސައްތަ)
  • ޖަރުމަނުވިލާތް - 73,059 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 8.1 އިންސައްތަ)

މި ގައުމުތަކުގެ އިތުރުން ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާ، ފްރާންސް، އެމެރިކާ، ސްވިޒަލޭންޑް އަދި ޕޮލެންޑުންނެވެެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1,194 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 174 ރިސޯޓާއި 15 ހޮޓަލާއި 856 ގެސްޓްހައުސްގެ އިތުރުން 149 ސަފާރީ ހިމެނެ އެވެ. މި ތަންތަނުން ޖުމްލަ 62,304 އެނދު އޮޕަރޭޓްކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް