ads
އިންޓަނޭޝަނަލް ލޭބަރ ކޮންފަރެންސް ގެ ތެރެއިން - ފޮޓޯ: ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ
އަމާޒަކީ މަސައްކަތުގެ ދާއިރާގައި އެންމެން ގުޅިގެން މަސައްކަތްކުރުން: ޑރ. މާރިޔާ
އަމާޒަކީ މަސައްކަތުގެ ދާއިރާގައި އެންމެން އެކުގައި އެކަކު އަނެކަކަށް އިހްތިރާމްކޮށްގެން، އެކުގައި މަސައްކަތްކުރާ މާހައުލެއް އުފެއްދުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ ވިދާޅުވި އެވެ.
Advertisement

މިނިސްޓަރ މިހެން ވިދާޅުވީ، އިންޓަނޭޝަނަލް ލޭބަރ ކޮންފަރެންސް" ގެ 112 ވަނަ ބައްދަލުވުމުގައި ދެއްވި ހިތާބު އެއްގައެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ސުވިޓްޒަލެންޑްގެ ޖެނީވާ ގައެވެ.

މިނިސްޓަރގެ ހިތާބުގައި 2009 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެ އިން އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން ގައި ބައިވެރިވެ، މަސައްކަތުގެ މައިދާނުގައި މަސައްކަތްތެރިންގެ ހައްގުތަކާއި ކަރާމާތްތެރިކަން ރައްކާތެރިކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން ނަންގަވަންޖެހޭ ފިޔަފަޅުތައް ނަންގަވާފައި ވާކަން ވަނީ ފާހަގަކުރައްވާފަ އެވެ.

މިނިސްޓަރ ވިދާޅުވީ، މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށާއި، ރާއްޖޭގެ ހުރިހާ ރަށްތަކުގައި މަސައްކަތްތެރިކަން ކުރިއެރުވުމުގެ މަގުސަދުގައި ފާއިތުވި އަހަރުތަކުގައި ރާއްޖެ އިން ގާނޫނުއަސާސީތަކާއި މުއައްސަސާތަކަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާކަން ފާހަގަ ކުރައްވާފަ އެވެ.

މީގެ އިތުރުން މިނިސްޓަރަ ވިދާޅުވީ، ވަޒީފާގެ ބާޒާރުގައި އެންމެންގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި ވަޒީފާދޭ ފަރާތްތަކާއި މަސައްކަތްތެރިންނާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްނަންގަވައިގެން ހީވާގިކަމާއެކު އެތައް މަސައްކަތެއް ކުރައްވާފައިވާ ކަމަށެވެ. 

މިނިސްޓަރުގެ ހިތާބު ނިންމަވާލައްވަމުން އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަނުން މަސައްކަތްތެރިންގެ ހައްގުތަކާއި ކަރާމާތްތެރިކަން ރައްކާތެރިކުރުމަށާއި އިޖްތިމާއީ އިންސާފުވެރިކަން ދެމެހެއްޓުމަށް ކުރައްވާ ބުރަމަސައްކަތުގެ އަގުވަޒަންކުރައްވައި، ހަމަހަމަ މުޖުތަމައެއް ގާއިމުކުރުމަށް އެއްބާރުލުން ދެއްވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައިވެ އެވެ.

މި ކޮންފަރެންސްއަކީ ދުނިޔޭގެ އެކި ޤައުމުތަށް ބައްދަލުވެ، އައި.އެލް.އޯގެ އެކި އުސޫލުތަކާމެދު މަޝްވަރާކޮށް އިޖުތިމާއީގޮތުންނާއި މަސައްކަތުގެ މާހައުލުގެ މުހިންމު ސުވާލުތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ކޮންފެރެންސްއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް