ads
ހއ. އުލިގަމު ފޮޓޯ: ފްލިކާ.ކޮމް
ހުން ފެތުރެނީ، އެޑްމިޓްކުރެވެން އެންމެ އެނދު މަދު: އުލިގަނމު ކައުންސިލް
ހއ. އުލިގަމުގައި ވައިރަލް ފީވާ ފެތުރެމުންދާކަމަށާއި ނުރައްކާތެރި ބަލި ފެތުރޭ ހާލަތުގައި އެޑްމިޓްކުރަން ހުރީ މަދު އެނދެއް ކަމަށް ހއ.އުލިގަމު ކައުންސިލް ރައީސް އަހުމަދު މުއާޒް މުހައްމަދު ވިދާޅުވެއްޖެ އެވެ.
Advertisement

މިދުވަސްވަރަކީ ރާއްޖޭގައި ބަލިމަޑުކަން ބޮޑު ދުވަސްވަރެކެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވައިރަލް ފީވާ، ޑެންގީ އަދި ޗިކުންޖުންޔާ ފަދަ ބަލިތައް ދަނީ ރިޕޯޓްކުރެވެމުންނެވެ.

"ސީއެންއެމް" އާ މައުލޫމާތު ހިއްސާކުރައްވަމުން އުލިގަމު ކައުންސިލް ރައީސް މުއާޒު ވިދާޅުވީ މިދުވަސް ވަރު އެ ރަށުގައި ވައިރަލް ފީވާ ބާރަށް ފެތުރެމުންދާކަަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިއޮތް ގޮތުގައި ވައިރަލް ފީވާ ރަށުގައި އެބަހުރި، މިވަގުތު އެހުން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އެބައުޅޭ، ކޮންމެ އަހަރެއްގެވެސް މޫސުން، އިރުވައި މޫސުމާ ހުޅަނގު މޫސުން ބައްދަލުވާ ހިސާބުގަ، ކޮންމެ މޫސުމުއްގައިވެސް މިދުވަސްވަރު ހުރިހާ ހިސާބެއްގައިވެސް ރާއްޖޭގައި ރޯގާ އުޅޭ، އުލިގަމުގައި ވައިރަލް ފީވާ ކޮންެވެސް ވަަރަކަށް ކޭސްތަކެއް އެބަ އުޅޭ" އުލިގަމު ކައުންސިލް ރައީސް މުއާޒު ވިދާޅުވި އެވެ.

މީގެ އިތުރުން ކައުންސިލް ރައީސް ވިދާޅުވި، ރަށުގެ ސިއްހީ މަރުކަޒާއި ސިއްހީ ދާއިރާ އޮތީ ދަތި އުނދަގޫ ހާލަތު ގައި އެވެ. އެގޮތުން ރަށުގެ ސިއްހީ މަރުކަޒު ގިނަ ދުވަސްވެ ބާވެފައި ހުރިކަމަށާއި އެނދުގެ ޖާގާގައިވެސް ދަތިކަން ހުރިކަމަށް މުއާޒް ވިދާޅުވި އެވެ.

"ކަންބޮޑުވުންތަކަކީ އަޅުގަނޑުމެންގެ ސިއްހާ މަރުކަޒަކީ ވަރަށް ކުރީއްސުރެއް އިމާރާތް ކުރެވިފަ ހުރި ސިއްހީ މަރުކަޒެއް އެއީ، 2002 ގަ އިމާރާތްކުރެވިފަ ހުރި ސިއްހީ މަރުކަޒެއް، އެހިސާބުން އަދި އެއްވެސް ކަަހަލަ ރިނޮވޭޝަން ގެ މަސައްކަތެއް ނުކުރޭ، އޭރުގެ ހާލަަތައް ބަލާފަ، މިދެންނެވީ މިރަށުގެ އާބާދީއަށްވެސް ބަލާފަ، 3 އެނދެއް މިހުންނަނީ އެޑްމިޓްކުރެވޭގޮތައް، އެހެންވީމާ މިކަހަލަ ވައިރަލް ފީވާއެއް ފެތުރިގެންދާއިރުގަ، މިހާލަތުގަ ނޫނަސް އޭގެ ކުރިންވެސް އެބަހުރި އެގޮތައް އެޑްމިޓް ކުރަން ގެންނަ ބަލިމީހުން ބޭތިއްބުމުގަ ދަތިތަކެއް ދިމާވެފަ އެއި ސިއްހީ ދައިރާގައި ހުރި ކަންބޮޑުވުންތަަކަކީ" މުއާޒު ވިދާޅުވި އެވެ.

އެކަން ކަން ހައްލުކުރުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތަތަކާ އެކު މީގެ ކުރިންވެސް މައުލޫމާތު ހިިއްސާކޮށްފައިިވާކަމަށާއި ސަރުކާރުން އުލިގަމުގައި ސިއްހީ މަރުކަޒެއް އިމާރާތްކޯށްދިނުމަކީ ރައީސްގެވެސް ވައުދުފުޅެއްް ކަމަަށްކަންވެސް މުއާޒު ފާހަގަކުރެއްވި އެވެ. 

އޭގެ އިތުރުން ހެލްތް މިނިސްޓްރީގެ ފަރާތުން އެކަންތައް ކުރިއަށް ދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށްވެސް ކައުންސިލް ރައީސް ވިދާޅުވި އެވެ. އެގޮތުން މިނިސްޓަރާ ބައްދަލުކުރެއްވިއިރު މިއަހަރު ތެރޭ ސިއްހީ މަރުކަޒުގެ މަސައްކަތް ކުރިއަށް ދާނެކަމަށް ވިދާޅުވެފައިވާކަންވެސް މުއާޒު ފާހަގަކުރެއްވި އެވެ.

ވައިރަލް ހުމުގެ އިތުރުން ޑެންގީ ހުން ޖެހިގެން އޭޕްރީލް މަހު އެކަނިވެސްް ރިޕޯޓްކުރި އަދަދު 244 އަށް އަރާފައިވާކަމަށް ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެނިހެން ބަލިތަަކަށް ބަލާއިރު، އަރިދަފުސް ރޯގާ ޖެހިގެ 22،739 ކޭސް  ބޭރަށް ހިންގުމުގެ 2،714 ކޭސް އޭޕްރީީލް މަހު ރިޕޯޓްކޮށްފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް