ads
ބިދޭސީ މީހާގެ ބޮލަށް ބުޅި ހެރިފައި. މިފަދަ ބައެއް ހާދިސާތައް ވަނީ ހިނގާފައި
ބުޅި ހެރުނީ މަސްބާނާތަން ބަލަން ހުރި މީހާ ބޮލަށް
ފ. ދަރަނބޫދޫގައި ބިދޭސީއެއްގެ ބޮލަށް ބުޅިއެއް ހެރި ޒަހަމްވެއްޖެއެވެ.
Advertisement

މި ހާދިސާގައި ޒަހަމްވެފައިވަނީ ބަންގްލަދޭޝް ރައްޔިތަކަށެވެ. މި މީހަކީ އެހެން މީހަކު މަސްބާނާތަން ބަލަން މަޑުކޮށްލައިގެން ހުރި މީހެކެވެ. 

މީނާ ބޮލަށް ބުޅި ހެރުނީ މަސްބާނަށް ދޮށި ހޫރުވާލި ވަގުތުއެވެ. މި މީހާގެ ބޮލަށް ބުޅި ހެރުމުން ވަގުތުން ސިއްހީ މަރުކަޒަށް ގެންގޮސްވަނީ ފަރުވާދީފައެވެ. އަދި މީމީހާގެ ހާލު ރަނގަޅުކަމަށް އެ ރަށު މީހުން ބުނެއެވެ. 

މަސްވެރިކަމުގައި ބުޅި ހަށިގަނޑުގެ އެކިތަން ތަނަށް ހެރިގެން ފަރުވާ ދިނުމަކީ ހިނގާކަމެކެވެ. ހާއްސަކޮށް މި ފަދަ ހާދިސާތައް ހިނގާފައި ހުރީ މަހަށް ނުކުމެ އުޅުނު ދޯނިފަހަރުގައެވެ. ލޮލާއި މެޔަށްް ބުޅި ހެރިގެން އަވަސް ފަރުވާ ދޭން ޖެހެނު ބައެއް ހާދިސާތައް ހުރީ ހިނގާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް