ޕޮލިސް ކޮމިިޝަނަރު އަލީ ސުޖާއު އެފަދައިން ހާމަކުރީ އިއްޔެ އިސްކަންދަރު ބިލްޑިންގައި ބޭއްވި ކުރިއަށް އޮތް 5 އަހަރުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިޔާތުގަ އެވެ.
ސުޖާއު ވިދާޅުވީ ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ދެމެހެއްޓުމަށް ފުލުހުންގެ ހިދުމަތަކީ 2 ފުއް ފެންނަ ޕްރޮފެޝަނަލް ހިދުމަަތަކަށް ހަދާ ނަޒާހަތްތެރިކަމުގެ ސަގާފަތެއް އުފެއްދުން މުހިއްމުކަމަށެވެ. ފުލުހުންގެ ގާނޫނަކީ ފުލުހުންގެ ހިދުމަތް ދިނުމަށްޓަކައި ވަކި ހަމަތަކެއް ގާއިމްކުރެވި އެ ހިދުމަތް ދިނުމުގައި މިންތަކެއް ކަނޑައެޅިފައިއޮތް ގާނޫނެއް ކަަމަށް ފާހަގަކުރައްވާ ސުޖާއު ވިދާޅުވީ ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ގާނޫނުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރަން ހަަމަޖެހިފައިވާކަަމަށެވެ.އަދި އެކަންކަމުގެ ތެރެއިން ފައްޓަވާފައިވާކަމަކަށް ޕޮލިސް ކޮމިޝަނަާ ސުޖާއު އަލިއަޅުއްވާލި އެވެ.
މި ޕްރެސް ކޮންފެރެންސްގައި އަލީ ސުޖާއު ވިދާޅުވީ ކުރިއަށްއޮތް 5 އަހަރަށް އެކުލަވާލައި ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންއާއި އެކު ކުރިއަށް އޮތް 5 އަހަރު ތެރޭ ފުލުހުންގެ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެކަަމަށެވެ. އަދި އެ މަސައްކަތްތަކުގެ ތެރޭގައި މުހިއްމުކަންކަން ހާސިލް ވެގެންދާނެކަމަށްވެސް ސުޖާއު ވިދާޅުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;