ފުލުހުން ބުނީ މަރުވެފައިވަނީ އުމުރުން 70 އަހަރުގެ ޗައިނާ ފަތުރުވެރިއެއްކަމަށެވެ.
އޭނާ މަރުވެފައިވަނީ ފުވައްމުލަކު ކައިރީ އޮންނަ ޓައިގާ ޝާކް ޕޮއިންޓަށް ޑައިވިން ނިންމާފައި އެނބިރި ދޯންޏަށް އެރި ފަހުންނެވެ.
އެ މީހާ މަރުވީ ޑައިވް ނިންމާ ދޯންޏަށް އަރާ ޑައިވިން އިކުއިޕްމެންޓް ނައްޓާ ބާލަން އުޅުމުގެ ތެރޭގައެވެ. އެރަށުން ވާހަކަ ދެއްކި މީހުން ބުނީ މި ފަތުރުވެރިޔާ މަރުވީ ހާޓް އެޓޭކް ޖެހިގެންކަމަށް ބެލެވޭކަމަށެވެ.
މި މިހާ ހޮސްޕިޓަަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.