ads
އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ހުސެން އަމްރު
ޝިޕިން ލައިންގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އާ އުސްމިންތަކަކަށް ގެންދެވޭނެ
މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްސީ)ގެ ހިދުމަތް ފެށުމުން ރާއްޖޭގެ އިގްތިސާދު އާ އުސްމިންތަކަކަށް ގެންދެވޭނެ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓާ ހުސެން އަމްރު ވިދާޅުވެއްޖެއެވެ.
Advertisement

އެމްއެސްއެސްގެ ހިދުމަތް ފެއްޓުމުގެ ގޮތުން ބޭއްވި ހާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ މިއީ ރާއްޖޭގެ އިގްތިސާދު އާ އުސްމިންތަކަކަށް ގެންގޮސް ފުޅާ ކުރުމަށް އެޅުނު ވަރަށް މުހިންމު ބިންގަލައް ކަމަށެވެ. މި ކުންފުނީގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންދެވިއްޖެ ނަމަ އޭގެ ފައިދާ މުޅި މުޖުތަމައުއަށް ކުރާނެ ކަން އަމްރު ފާހަގަ ކުރެއްވިއެވެ.

މި ފެށުނު ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ކާމިޔާބު ކަމާއެކު ހިންގުމަށް ކުރީގައި ހިންގި ރާއްޖޭގެ ޝިޕިން ލައިން ހިންގި އިރު ލިބުނު ފިލާވަޅުން އިބްރަތް ހާސިލްކޮށް، އާ ވިސްނުންތަކާއި އީޖާދުތަކަށް ހޭނެން ޖެހޭނެކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

އެމްއެސްއެސް ގެ ހިދުމަތް މުއަދުޔ ފެށިގެން ދިޔަ އިރު އެ ކުންފުނީގެ ބޯޓު މިއަދު ރާއްޖެއަށް އައިސްފައި ވަނީ ރައްޔިތުންނަށް ބޭނުންވާނެ ބޭހާ ކާޑުގެ ބާވަތްތައް ހިފައިގެންނެވެ.

މިބޯޓުގެ ދަތުރުތައް ލަންކާ އާއި މާލެ އާއި ދެމެދު ކުރުމަށް އަދި ނިންމާފައި އޮތްނަމަވެސް ކުރިއަށް އޮތްތާގައި ކުންފުނީގެ ދަތުރުތައް އިތުރުކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރުމުގެ ވިސްނުން އެ ކުންފުނިން ގެންގުޅެއެވެ. އެމްއެސްއެސް ގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ސައީދު ވަނީ ޝިޕިން ލައިންގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މުދާ އެތެރުކުރުމަށް ދެން ބޭރު މީހުންނަށް ބަރޯސާވެގެން ތިބެން ނުޖެހޭނެކަމަށް ވެސް ވިދާޅުވެފައެވެ.

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް