ލުކާކޫވެސް ސައުދީ ލީގާ ދިމާލަށް
ސްޕޯޓްސް ޓީމް
07 ޖޫން 2024 - 10:34:16
ޗެލްސީ އަދި ބެލްޖިއަމްގެ ފޯވާޑު، ރޮމެލޫ ލުކާކޫވެސް ސައުދީ ލީގަށް ބަދަލުވުމަށް ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
ސައުދީ ޕްރޯ ލީގަށް ބަދަލުވުމަށް ލުކާކޫ ޝައުގުވެރިކަން ފާޅުކުރިއިރު، އޭނާ ހޯދުމަށް އިޓަލީގެ އޭސީ މިލާނުންނާއި ނަޕޯލީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އޭގެ އިތުރުން ތުރުކީގެ ފެނަބާޗޭއިންވެސް ލުކާކޫއަށް ޝައުގެވެރިވެއެވެ. ފެނަބާޗޭންވަނީ އެ ޓީމުގެ ކޯޗުކަމުގެ މަގާމަށް މޮރީނިއޯ ހަމަ ޖައްސާފައެވެ. މޮރީނިއޯއާ ލުކާކޫ ކުރިން އެކުގައި މަސައްކަތްކޮށްފައިވެއެވެ.
އުމުރުން 31 އަހަރުގެ ލުކާކު ކުރިން މެންޗެސްޓަރ ޔުނައިޓެޑާ އިންޓަމިލާން އަދި ރޯމާއަށްވެސް ކުޅުނެވެ. އޭނާވަނީ ބެލްޖިއަމްގެ ގައުމީ ޓީމަށް 114 މެޗު 83 ލަނޑު ޖަހާފައެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ދެ ފަހަރު ކުޅެފައިވާއިރު، ޗެލްސީއާއެކު އޭނަވަނީ ކްލަބު ވޯލްޑްކަޕް ހޯދާފައެވެ. އަދި 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ތިންވަނަ މަގާމް ހޯދި ބެލްޖިއަމް ޓީމުގައި އޭނާ ކުޅުނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް