މާލޭގެ ސެލޫނެއްގައި ބަރަހަނާކޮށް ތިބި ދެ މީހުން ފެނުނުކަން އެނގުނީ، އެ ސެލޫންގައި މަސައްކަތް ކުރާ ދެ އަންހެނުން، ހަށިވިއްކިކަމުގެ ތުހުމަތުގައި ބަންދުކުރަން ކޯޓަށް ހާޒިރު ކުރުމުންނެވެ.
ސެލޫނަކުން ބަރަހަނާކޮށް ތިބި ދެ މީހުން ފެނުނުކަން ބަންދު އަމުރު މަޖިލީހުގައި ދެކެވުނު ވާހަކަތަކުން އެނގުނު ނަމަވެސް އެއީ ދިވެހިން ކަމެއް އަދި އެއީ ކޮން ޖިންސެއްގެ ބައެއް ކަމެއް ނޭނގެ އެވެ.
ހަށި ވިއްކިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ އަންހެނުންގެ ބަންދަށް ކޯޓުންވަނީ 15 ދުވަސް މިއަދު ޖަހާފަ އެވެ. އެއީ އުމުރުން 39 އަހަރުގެ މީހަކާ، އުމުރުން 22 އަހަރުގެ މީހެކެވެ. ދެ މީހުންނަކީވެސް ތައިލެންޑް މީހުންނެވެ.