
އުމުރުން 18 އަހަރުގ އަތީކަށް ފުރަތަމަ ފަރުވާދެމުން އައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައެވެ. ފަހުން މާލެ ގެނެސް އޭނާ އޮތީ ވެންޓިލޭޓަރުގަ އެވެ.
މީގެ 15 ވަރަކަށް ދުވަސް ކުރިން ހިނގި މި ހާދިސާ ދިމާވީ މަގުމަތީގައި އޮތް ފެންގަނޑަކަށް ކަރަންޓް އައިސްގެންނެވެ. މި ހާދިސާގައި އަށް އަހަރުގެ ފިރިހެން ކުއްޖަކާއި 12 އަހަރުގެ އަންހެން ކުއްޖަކުވެސް ވަނީ ކަރަންޓްގައި ޖެހިފަ އެވެ. އެހެންނަމަވެސް މި ދެކުދިންނަށް ފަރުވާ ދިނުމަށްފަހު އެ ކުދިން ވަނީ އެދުވަހު ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.
މި ހާދިސާގައި ފަރުވާދެމުން އަންނަ 18 އަހަރުގެ ކުއްޖާއަކީ ކަރަންޓްގައި ޖެހުނު 8 އަހަރުގެ ކުއްޖާ ސަލާމަތްކުރަން ފެންގަނޑަށް ފޭބި ކުއްޖާކަމަށް އުނގޫފާރުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އަދި އެނގިފައިވާ ގޮތުން އެ ކުއްޖާ ގަޔަށް ކަރަންޓް އައީ ކަރަންޓް ލީކްވެފައިހުރި ހޮޅިދަނޑީގައި އަތްލެވިގެންކަމަށްވެސް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
18 އަހަރުގެ ކުއްޖާ ގަޔަށް ކަރަންޓް އައިސްފައި ގާތްގަޑަކަށް 3 ވަރަކަށް މިނެޓް ހުރިކަމަށާއި އެ ކުއްޖާ ބިން މައްޗަށް ވެއްޓުނީ ފެނަކަ މުވައްޒަފެއް އައިސް އެ ސަރަހައްދުން ކަރަންޓް ކަނޑާލުމުންކަމަށްވެސް އެރަށުން ވާހަކަ ދެއްކި މީހަކު ބުނެއެވެ.
ކުޑަކުދިން ކުޅޭ ޕާކެއްގެ ބުޑުގައި ހުރި މި ފެންގަޑަށް ކަރަންޓް އައިސްފައިވަނީ އެ ސަރަހައްދު އަލިކުރަން ޖަހާފައި ހުރި ހޮޅިދަނޑިއަށް ކަރަންޓް އައިސްގެންނެވެ.