ads
ވެދާގެ ލީޑް ރޯލް ކުޅޭ ބޮލީވުޑްގެ އެކްޓަރު ޖޯން އަބްރަހަމް
ފިލްމް "ވޭދާ" ރިލީޒްކުރުން އޮގަސްޓަށް ފަސްކޮށްފި
ބޮލީވުޑްގެ އެކްޓަރު ޖޯން އަބްރަހަމް ލީޑް ރޯލް ކުޅޭ އެކްޝަން ފިލްމު "ވެދާ" ރިލީޒްކުރުން އޮގަސްޓު މަހަށް ފަސްކޮށްފި އެވެ.

އިންސާފު ހޯދުމަށް ހިތްވަރާ އެކު މަސައްކަތް ކުރާ އަންހެނަކަށް ފަސްޖެހުމަކާ ނުލައި އެހީތެރިވާ ޖެހިލުން ކުޑަ މީހެއްގެ ގޮތުގައި ޖޯން ފެންނަ މި ފިލްމު ކުރިން ރިލީޒްކުރަން އޮތީ ޖުލައި މަހުގެ 12 ގަ އެވެ. 

ނިކިލް އަދުވާނީ ޑައިރެކްޓް ކުރާ "ވެދާ" ރިލީޒްކުރަން އޮގަސްޓްއަށް ތާވަލުކުރިއިރު އެ މަހު ވަރަށް ވަރުގަދަ ދެ ފިލްމެއް ސިނަމާތަކަށް ގެންނަން މާކުރިން ވަނީ ނިންމާފަ އެވެ. އެއީ އަޖޭ ދޭވްގަންގެ "ސިންގަމް ރިޓާންސް" އާއި އައްލޫ އަރުޖުންގެ "ޕުޝްޕާ 2: ދަ ރޫލް" އާ އެވެ. 

"ވޭދާ" ރިލީޒްކުރަން މި ގެނައި ބަދަލާ އެކީ ބޮކްސް އޮފީހުގައި މި ދެ ފިލްމާ ޖޯންގެ ފިލްމަށް ކުރިމަތިލާން ޖެހޭނެ އެވެ. "ވޭދާ" މިހާރު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ އޮގަސްޓް 15 ގައި އެވެ. އެއީ އިންޑިއާގެ މިނިވަން ދުވަހެވެ.

ޖޯންގެ އިތުރުން ފިލްމު "ވެދާ"އިން ފެންނާނެ މުހިއްމު ތަރިންގެ ތެރޭ ޒުވާން ބަތަލާ ޝަރްވާނީ، ސައުތު ބަތަލާ ތަމަންނާ ބާޓިއާ އަދި އަބީޝެކް ބެނަޖީ ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް