ads
ޝަމީމް
ކުޅިވަރު އެސޯސިއޭޝަންތައްވެސް ޖަވާބުދާރީވާން ޖެހޭނެ
ގައުމީ ކުޅިވަރު އެސޯސިއޭޝަންތައް ޖަވާބުދާރީ ކުރެވޭނެ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިހާރުވެސް ދެ ކުޅިވަރު އެސޯސިއޭޝަނެއްގެ ރައީސްގެ ޖިނާއީ ތަހުގީގުތަކެއް ކުރިއަށްއަނިކޮށް، ޕީޖީ ޝަމީމް އަމިއްލަ ބްލޮގްގައި ވިދާޅުވީ އެސޯސިއޭޝަންތަކުގެ ރައީސް އަކީ މިނިވަނެއް ކަމުގައި ވިޔަސް، ގާނޫނުގެ ތެރެއިން އޭނާ ޖަވާބުދާރީ ކުރެވޭނެ ކަމަށެވެ. 

ޖިނާއީ ތަހުގީގުތަކެއް ހިނގަމުންދަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އަދި ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދުގެއެވެ.

ޝަމީމް ވިދާޅުވީ، ކުޅިވަރު ޖަމްއިއްޔާއަށްދޭ ފައިސާ ބޭނުން ގޮތަކަށް ހަރަދުކޮށްފައި، ތިމަންނާއަކީ 'މިނިވަން' މީހެއްކަމަށާއި، ތިމަންނާއަކީ "އެއްވެސް މުސާރައެއް ނުވަތަ އުޖޫރައެއް ލިބޭ މީހެއް ނޫންކަމަށް" ބުނެ ސަލާމަތެއް ނުވެވޭނެ ކަމަށެވެ. ޝަމީމް އިޝާރާތް ކުރެއްވީ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްއާ ގުޅޭ ގޮތުން ޝަރީއަތުގައި ހިނގި މައްސަލައަށެވެ.

ކުޅިވަރު ޖަމްއިއްޔާއަށްދޭ ފައިސާ ބޭނުން ގޮތަކަށް ހަރަދުކޮށްފައި، ތިމަންނާއަކީ 'މިނިވަން' މީހެއްކަމަށާއި، ތިމަންނާއަކީ "އެއްވެސް މުސާރައެއް ނުވަތަ އުޖޫރައެއް ލިބޭ މީހެއް ނޫންކަމަށް" ބުނެ ދިފާޢެއް ނުނެގޭކަމާއި، އެހެން ބުނެގެން ފަރެއް ނުޖެއްސޭނެކަން، ހައިކޯޓުގައި މޫސާ ނާޝިދު ވ ޕްރޮސިކިއުޓަރ ޖެނެރަލް ގަޒއްޔާއިން ސާފުވެއެވެ. ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވަނީ ކުޅިވަރަށް ސަރުކާރުން ކުރާ ހޭދައާ އެއްވަރުގެ ނަތީޖާއެއް ނުނިކުންނަ ނަމަ އޭގެ ސަބަބުތައް ހޯދައި، ކަންކަން ރަނގަޅުކުރުމަކީ ސަރުކާރުގެ އެކި ފަރާތްތަކުން ކުރަންޖެހޭނެކަމެއް ކަމަށް ވިދާޅުވެފަ އެވެ. 

ޝަމީމް އިތުރަށް ވިދާޅުވީ ކުޅިވަރު ޖަމިއްޔާތަކަކީ ގާނޫނީ ގޮތުން މިނިވަން ތަނެއް ނަމަވެސް، އޭގެ މާނަ އަކީ ސަރުކާރުން ކުރާ ހަރަދާ އެއްވަރުގެ ބަދަލެއް ނުދޭނަމޭ ބުނުމެއް ނޫން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް