ads
އަސީލް
އަސީލްގެ މަރުގެ އިސްތިއުނާފު އަޑު އެހުމެއް މިއަދު
ކުރީގެ އަގޯރާ އެކްސްޕްރެސް ފިހާރަ ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ، މީހަކު މަރާލި މައްސަލައިގެ އިސްތިއުނާފު އަޑު އެހުމެއް ހައިކޯޓުގައި މިއަދު ހިންގުމަށް ތާވަލުކޮށްފި އެވެ.
Advertisement

އިސްކަންދަރު ސްކޫލް ކުރިމަތިން އޮންނަ ދިދި ގޯޅި ތެރޭގައި ކުރިން ހުރި އަގޯރާ އެކްސްޕްރެސް ފިހާރަ ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ އަހްމަދު އަސީލް މަރާލީ، 2014 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ. އެ މައްސަލައިގައި ހިމެނޭ އެކަކު 13 އަހަރަށް ޖަލަށްލާން ކުރިން އޮތީ ހުކުމްކޮށްފައެވެ. އުމުރުން 18 އަހަރު އޭރު ނުވާ ކުއްޖެއްގެ މައްޗަށް މި ހުކުމްކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ. އެ ހުކުމަށް ހައިކޯޓުންވެސް ފަހުން ތާއީދު ކުރިއެވެ.

އަސީލްގެ މަރުގެ މައްސަލައިގައި އިތުރު ބައެއްގެ މައްޗަށްވެސް ދައުލަތުން ދައުވާ ކުރިއެވެ. އެ މައްސަލައިގައި ދައުލަތުން އޭރު އުފުލާފައިވަނީ ޓެރަރިޒަމްގެ ދައުވާއެވެ. މި މައްސަލަތައް ދަށު ކޯޓުން ސާބިތު ނުވުމުން ދައުލަތުން ހައިކޯޓަށް އެ މައްސަލަ ހުށަހެޅީ 2019 ވަނަ އަހަރުއެވެ. ހައިކޯޓުގައި މިއަދު މެންދުރު ފަހު ބާއްވާ މައްސަލައަކީ 2019 ވަނަ އަހަރުގެ މައްސަލައެކެވެ.

ހައިކޯޓުގެ ވެބްސައިޓުގައިވާގޮތުން މި މައްސަލަ ބައްލަވާނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ، ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު ހަސަން ޝަފީއުއެވެ.

އެ މައްސަލާގައި ޓެރަރިޒަމްގެ ދައުވާކުރަނީ ގދ، ތިނަދޫ ސްވީޓްޑްރީމް، އަހުމަދު ނިމްޝާދާއި ހުޅުމާލޭ 10118، އަހުމަދު ޝިރުހާން ޖައުފަރާއި ދަފްތަރު ނަމްބަރު 6566، އިސްމާއިލް ރިފާއު އާއި ގދ. ވާދޫ އާބަހާރުގޭ، އިހުސާން ރަޝީދުގެ އިތުރުން މ. ގޯލްޑްބާޑްލިލީ، ހަސަން އިސާމް މުހައްމަދު އަދި މއ. ރާޅުއެރިގޭ، ޝާރިފް ޝަރީފްގެ މައްޗަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް