
ސުހާނާ އަށް ބެލީ ޑާންސް ދަސްކޮށްދޭ ޓްރޭނަރު އިންސްޓަގުރާމު މެދުވެރިކޮށް އެކަން އަންގާފައިވާއިރު އެނާ ބުނީ ސުހާނާ އާއެކު އޮންލައިންކޮށް ބެލީ ޑާންސް ކްލާސް ނަގަމުންދާ ކަމަށެވެ.
ސުހާނާ ވަނީ ގޭގައި ހުރެގެން މޭކަޕް ކުރަން ވެސް ދަސްކުރަން ފަށާފައެވެ. ސުހާނާ އަކީ ޝާހު އާއި ގޯރީގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ.
އުމުރުން 19 އަހަރުގެ ސުހާނާ ވަނީ މަޝްހޫރު މެގަޒިން ވޮގް އިންޑިއާގެ ކަވާ އިން ވެސް ފެނިފަ އެވެ. ބޮލީވުޑުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރި ސުހާނާ މިވަގުތު އަންނަނީ އިތުރަށް ކިޔަވަމުންނެވެ.
ޝާހު ބުނި ގޮތުގައި ފިލްމީ ދާއިރާއަށް ދަރިފުޅު ނެރެން އެހީވާނީ ކިޔަވާ ނިމުމުންނެވެ. ނަމަވެސް ދާދިފަހުން ސުހާނާ ވަނީ ދިހަ މިނެޓުގެ "ދަ ގްރޭ ޕާޓް އޮފް ބުލޫ" ކިޔާ ކުރު ފިލްމެއްގައި އެކްޓްކޮށްފަ އެވެ.
ސުހާނާއަކީ "ސްޓާ ކިޑުން"ގެ ތެރެއިން މީޑިއާ އާއި އާންމުންގެ ސަމާލުކަން އެންމެ ބޮޑަށް ލިބޭ އެއް ކުއްޖެކެވެ.