1000 ހެއްހާ އާބާދީއެއް އޮތް އދ. ދަނގެއްޗަކީ ވެރިރަށް މާލެއިން ދެކުނަށް 87 ކިލޯމީޓަރު ދުރުގައި އޮންނަ ރީތި ރަށެކެވެ.
"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ދަނގެތި ކައުންސިލް ރައީސް މުއާވިޔަތު ވިދާޅުވީ ދަނގެތި އާ އިންޖީނު ގެ އެޅުމަށް ބިންހަވާލުކޮށްފައިވ އޮތް ނަަމަވެސް، މަޝްރޫއުގެ މަސައްކަތްފެށުން ލަސްވުމާއި އެކު މިހާރު ސްޓެލްކޯއާއިއެކު މަޝްވަރާކޮށްފައިވާކަމަށެވެ.
އިންޖީނުގޭ އެޅުމުގެ އިތުރުން ސަރުކާރުން ދަނގެތީގައި މިހާރު ކުރިއަށްދަނީ 2 މަޝްރޫއު ކަމަށްވާ، ފެނާ ނަރުދަމާގެ މަސައްކަތާއި ގުޅެގޮތުން މުއާވިޔަތު ވިދާޅުވީ ފެނާ ނަރުދަމާ ހުރިހާ ގެއަކަށް ގުޅާ ނިމި މިހާރު އޮތީ ހިދުމަތް ދިނުމުގެ މަރުހަލާކަަމަށެވެ.
މުއާވިޔަތު ވިދާޅުވީ ދަނގެތި ބަދަނރުގައި އެކްސްޓެންޝަން މަސައްކަތެެއް ފެށުމަށްޓަކައި އެމްޓީސީސީއާ ހަވާލުކޮށް ބައެއް ވެހިކަލް ދަނގެއްޗަށް ގެނެސްފައިވާކަަމަށެވެ. ނަމަވެސް އެ މަޝްރޫއުގެ މަސައްކަތް ހުރީ ނުފެށިކަަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މުއާވިޔަތު ވިދާޅުވީ ދަނގެތީގައިި އެންމެ ބޮޑު އިސްކަމެއް ދީގެން މިހާރު ކުރިއަށް ގެންދަނީ ލޭންޑް ޔުސް ޕްލޭން ނިންމުމުގެ މަސައްކަތްކަމަށާއި އަދި އޭގެ އިތުރަށް ރަށު ބަނދަރުގައި ހަދަމުންދާ ފެރީ ޓާމިނަލް ނިންމުމުގެ މަސައްކަތްކަމަށް ކައުންސިލް ރައީސް ފާހަގަކުރެއްވި އެވެ.
ހުރިހާ ކަމެއް ރަނގަޅަށް ދެނެގަނެވޭނީ އެލްޔޫޕީގެ މަސައްކަތް ނިމުނީމަ ކަމަށް މުއާވިޔަތު ވިދާޅުވި އެވެ. އެގޮތުން ވަސީލަތަކަަށް ހޯދޭނެ ގޮތްގޮތް އޮންނަނީ ބިމުން ކަމަށާއި އެ ބިމުން ލިބޭ ނަފާ ހޯދަންވެސް ޖެހޭކަމަށް މުއާވިޔަތު ވިދާޅުވި އެވެ.
ރައީސް ޑރ.މުއިއްޒު ރިޔާސީ ކެމްޕެއިންގައި ދަނގެއްޗަށް ވަޑައިގެން ވަރަށް ގިނަ މަޝްރޫއުތަކެއް ފުރިހަމަކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވި އެވެ. އެގޮތުން ދަނގެތީގެ ބަނދަރު ބޮޑުކުރުމާއި، ބިން ހިއްކުން އަދި ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމަކީ ރައީސް ޑރ.މުއިއްޒުގެ ރިޔާސީ ވައުދެކެވެ.