ads
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް
ސިވިލް ސާވިސްގެ އެހީތެރިކަން ސަރުކާރުން ބޭނުން : ނައިބު ރައީސް
ސަރުކާރު ހިންގުމުގައި ސިވިލް ސާވިސް މުހިންމު ދައުރެއް އަދާކުރާކަމަށާއި ސިވިލް ސާވިސްގެ އެހީތެރިކަމާ އެއްބާރުލުން ސަރުކާރަށް ބޭނުންވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވިއެވެ.
Advertisement

ނައިބު މިހެން ވިދާޅުވީ 4 ވަނަ ދިވެހި ސިވިލް ސާވިސް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ. 

ނައިބި ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ މި ސަރުކާރުގެ އެންމެ މުހިއްމު އަމާޒަކީ ރައްޔިތުންނަށް ދޭ ހިދުމަތްތައް އަވަަސްކުރުންކަމަށްވާތީ އެކަން ހާސިލުކުރުމަށް ސިވިލް ސާވިސްގެ ދައުރު ވަރަށް ބޮޑުކަމަށެވެ. އަދި ރައްޔިތުނަށް ހިދުމަތް ކުރުމަކީ ވަރަށް ކެތްތެރިކަމާއި ހިކުމަތްތެރިކަމާއި ކަމަށް ކަމޭ ހިތުމާއެކު އަދާކުރަންޖެހޭ ބުރަ ޒިންމާއެއްކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ ސަރުކާރު ހިންގުމުގައި ސިވިލް ސާވިސްގެ އެހީތެރިކަމާ އެއްބާރުލުން ސަރުކާރަށް ބޭނުންވާކަމަށެވެ. 

" ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހިދުމަތުގެ އެންމެ މުހިންމު މޮޓޯއަކީ ރައްޔިތުންނަށް ދެއްވާ ހިދުމަތްތައް ހަލުއިކުރެއްވުން، ޒަމާނީ ކުރެއްވުން. ރައްޔިތުން އެދޭ އަމާޒަށް ގައުމު ގެންގޮސް ދޭން ހުއްޓުމެއް ނެތި ރެއާއި ދުވާލު މަސައްކަތް ކުރެއްވުން. އަދި ރައީސް ފައްޓަވާފައިވާ މިވާ ގައުމީ މަސައްކަތްފުޅު ކާމިޔާބުކުރުމުގައި ދިވެހި ސިވިލް ސާވިސް އިން ފުރިހަމަ އަށް ވާގިވެރިވެދެއްވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،" ނައިބު ރައީސް ވިދާޅުވިއެވެ.

ކުރިއަރަމުންދާ ޓެކްނޮލޮޖީއާއެކު ޒަމާނާ ގުޅޭގޮތަށް ސވިލް ސާވިސްގެ ހިދުމަތްތައް ބައްޓަން ކުރުމަށް ނައިބު ވަނީ ގޮވާލައްވާފައެވެ. އޭގެ ތެރޭގައި އޮންލައިންކޮށް ޚިދުމަތްދިނުންފަދަ ކިޔޫގައި ޖެހެން ނުޖެހި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހައްލު ހޯދެންހުރި ކަންކަމަށް ހައްލު ހޯދުންފަދަ ކަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ސްމާރޓް ގަވަރނަންސް ފޯރ ސިވިލް ސަރވިސް އެކްސެލެންސް" މި ތީމުގެ ދަށުން މިއަދު ފެށި 4 ވަނަ ދިވެހި ސިވިލް ސަރވިސް ކޮންފަރެންސްގައި ޖުމްލަ 3 ދާއިރާއަކުން 15 ކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ. އަދި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 250 އަށްވުރެ ގިނަ ބައިވެރިވެރިން މި ކޮންފަރެންސްގައި ބައިވެއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް