ސުޕްރީމް ކޯޓުން މިއަދު އާއްމު ކުރި، އުސޫލުގެ ދަށުން ހުރިހާ ކޯޓެއްގެ ހުރިހާ ފަނޑިޔާރުން ޝަރީއަތުގައި ގައުން ތުރުކުރައްވާ ގޮތަށް ހަމަ ޖެއްސިއިރު، މިހާތަނަށް ގައުން ތުރުކުރައްވަނީ ހަމަ އެކަނި ސުޕްރީމް ކޯޓާއި ހައިކޯޓުގެ ފަނޑިޔާރުންނެވެ. ސުޕީރިއާ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކުގައި ފަނޑިޔާރުން މައްސަލަ ބައްލަވަނީ ކޯޓު ފަޓުލޫނުގަ އެވެ.
ސުޕްރީމް ކޯޓުން މިއަދު އާންމުކުރި ގަވާއިދުގައިވާ ގޮތުން ދަށު ކޯޓުގެ ފަނޑިޔާރުން ވެސް ޝަރީއަތުގައި ދެން ލާން ޖެހޭނީ ގައުނެވެ.
އަންނަ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތް ކުރާއިރު ތިބެން ޖެހެނީ ގައުން ލައިގެން ކަމަށް އެ ގަވާއިދުގައިވެ އެވެ. އެ ގަވާއިދުގައި ވަނީ އެ ގައުނަކީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ތައްޔާރުކުރާ ނަމޫނާއާ އެއްގޮތަށް އޮންނަ ގައުނަކަށް ވާންޖެހޭނެ ކަމަށެވެ.