ads
ކުރީގެ ރައީސް މުހައްމަދު ނަޝީދު
އިންޑިއާ-ރާއްޖެ: ވެރިން ކުރައްވާ މަސައްކަތަށް ނަޝީދު މަރުހަބާ ވިދާޅުވެއްޖެ
ރާއްޖެ އާއި އިންޑިއާގެ ގުޅުން ރަނގަޅުކުރަން ދެ ގައުމުގެ ވެރިން ކުރާ މަސައްކަތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ދުވަސްވަރު ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ގުޅުން ގޯސްވެފައި އޮތް ނަމަވެސް އެ ގުޅުން މިހާރު ދަނީ މަޑުމަޑުން ވަރުގަދަވަމުންނެވެ.

އިންޑިއާ ރާއްޖެ ގުޅުމަށް އަބަދުވެސް ވަކާލާތުކުރައްވާ ނަޝީދު އެކްސްގައި ވިދާޅުވީ ދެ ގައުމުގެ ކުރިމަގަށް އެންމެ ރަނގަޅު ގޮތް ވާން އެދިވަޑައިގަންނަވާ ކަމަށެވެ.

ނަޝީދު އަބަދުވެސް ވިދާޅުވަނީ ރާއްޖެއަށް ދިމާވި އެތައް ދަތިކަމެއްގައި އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތައުރީފު ކުރައްވަމުން ނަޝީދު ވަނީ މޯދީގެ ޕޮލިސީތަކާ އެކު އިންޑިއާއަށް އަންނަ ތަރައްގީގައި ބައިވެރިވާން ރާއްޖެއިން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

"އިންޑިއާއަށް ރަނގަޅު ކަމެއް ދިމާވާ ނަމަ އޭގެ ހެޔޮ އަސަރު އަވައްޓެރި އެހެން ގައުމުތަކަށް ވެސް ކުރާނެ. އެހެންވީމާ ދިވެހިންނަށް ވެސް މުހިއްމު އިންޑިއާ ކުރިއަރަމުން ދިޔުން،" ނަޝީދު ވިދާޅުވި އެވެ.

މޯދީއަށް ލިބިވަޑައިގެންނެވި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ ނަޝީދު ކުރެއްވި ޓްވީޓަތަކަށް ޝުކުރު އަދާކުރައްވާ މޯދީ މިފަހުން ވިދާޅުވީ ރާއްޖެ-އިންޑިއާ ގުޅުން ބަދަހި ކުރުމަށް ނަޝީދުގެ ފަރާތްޕުޅުން ދެއްވާ އެއްބާރުލުމުގެ އަގު ވަޒަންކުރައްވާ ކަމަށެވެ.   

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އިންޑިއާ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓާސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިވަގުތު ހުންނެވީ އިންޑިއާގެ ނިއުދިއްލީގައި އެވެ.

މި ރަސްމިއްޔާތަށް ރައީސް އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށެވެ.

އިންޑިއާގެ އިންދްރާ ގާންދީ އިންޓާނޭޝަނަލް އެއާޕޯޓަށް ރައީސް މުއިއްޒު ވަޑައިގެންނެވުމުން އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ސެކްރެޓަރީ ޕަވަން ކަޕޫރާއި އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހީމް ޝަހީބާއި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް