ads
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިންޓާންޝިޕްގެ ފުރުސަތު ދިނުމަށްއެމްއޭސީއެލްއާ އެކު ޖެންޑާ މިނިސްޓްރީން އެއްބަސްވުމެއްގައި މިއަދު ސޮއިކުރުން
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިންޓާންޝިޕްގެ ފުރުސަތެއް
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން އިންޓަރންޝިޕް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ އެކު ޖެންޑާ މިނިސްޓްރީން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
Advertisement

ޖެންޑާ މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަސައްކަތުގެ ޢަމަލީ ތަޖުރިބާ ލިބިގަނެ، މަސައްކަތުގެ މައިދާނަށް ތައްޔާރުވުމަށް ބޭނުންވާނެ އެކި ހުނަރުތައް ތަރައްޤީކުރުމުގެ ފުރުސަތުތައް ފަހިކުރުން ކަމަށެވެ.

މިފަދަ އިންޓާންޝިޕްތަކުގެ ބައިވެރިންނަށް އެފަރާތްތަކުގެ ޝައުގުވެރިކަން ހުރި ދާއިރާތައް ފާހަގަކުރުމަށް ފަސޭހަވެގެންދިއުމުގެ އިތުރުން ވަޒީފާދޭ ފަރާތްތަކަށްވެސް ހާއްސަ އެހީއަށް ބެނުންވާ ފަރާތްތަކާއެކު މަސައްކަތްކުރުމަށް އަހުލުވެރިވެގެންދާނެ ކަމަށާއި އަދި ދާއިމީ ވަޒީފާތަކުގެ ފުރުސަތުތައް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ފަހިވެގެންދިއުމާއެކު، މަސައްކަތުގެ މާހައުލަށް އަހުލުވެރި ފަރާތްތަކެއް ބިނާކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ނުކުޅެދުންތެރިކަން ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ބާރުވެރިކުރުވާ، މަސައްކަތުގެ މާހައުލަށް ނެރެ، މިނިވަންކަމާއެކު ދިރިއުޅެވޭ ބަޔަކަށް ހެދުމުގެ މައިގަނޑު އެއް މަގުސަދަކީ މިފަދަ ފަރާތްތަކުގެ ސަބަބުން އިތުރު އެހެން ފަރާތްތަކަށްވެސް މިފަދަ ކަންކަން އިސްނަގައިގެން ކުރުމުގައި ހިތްވަރުދީ، ނުކުޅެދުންތެރިކަންހުރި ފަރާތްތަކަށް ކުރިއަރައިދިއުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް މިނިސްޓްރީން ހާމަކުރެ އެވެ.

your imageހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން އިންޓަރންޝިޕް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ސޮއިކުރުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރު މުހައްމަދު ލަމްއާނެވެ. ޖެންޑާ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަހުމަދު އާތިފްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ ލަމްއާން ވިދާޅުވީ މި ޕްރޮގްރާމްގެ ތެރެއިން އިންޓަރންޝިޕް ދެވޭ މީހުންނަށް ލިބެންޖެހޭ ތަޖުރިބާ އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ކުންފުނިން މަސައްކަތްތައް ކުރާނެ ކަމަށެވެ.

އެމްއޭސީއެލްއިން މީގެކުރިންވެސް ވަނީ މިފަދަ ތަފާތު އެހީގެ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް