އޮލިމްޕިކްސް އަށް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ އެތުލީޓްގެ ޝަރަފު ހޯދި ފާތިމަތު ދީމާ ސައޫދީ ސަފީރުވަނީ އެ މަނިކުފާނުގެ އޮފީހުގައި ބައްދަލު ކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި ދީމާގެ މަންމައާއި ޓީޓީ އެސޯސިއޭޝަންގެ ރައީސް ބައިވެރިވި އެވެ. މި ބައްދަލު ކުރެއްވުމުގައި، ޓީޓީ ކުރިއެރުވުމަށް ސައުދީ އެމްބަސީން ދެވެން ހުރި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ސަފީރުވަނީ ދެއްވާފައެވެ. އަދި ކިޔެވުންވެސް ހިމެނޭހެން ސައުދީ ސްކޮލަޝިޕްގެ ފުރުސަތެއް ދީމާއަށް ފަހިކޮށްދެއްވާނެ ކަމަށްވެސް ސައުދީ ސަފީރު ވިދާޅުވި އެވެ.
ސައުދީގެ އެހީގައި، މިހާރުވެސް ރާއްޖޭގައި ޓީޓީގެ ބައެއް ހަރަކާތްތައް ކުރިއަށް ގެންދެއެވެ. އެގޮތުން އައްޑުއާ ފުވައްމުލަކުގައި ޓީޓީ ޑިވެލޮޕްމެންޓް ޕްރޮރާމްތަކެއް ސައުދީގެ އެހީތެރިކަމާއެކު ކުރިއަށް ގެންދެއެވެ.