ads
އުރީދޫގެ ފުޓުބޯޅަ ފޯރި ކެމްޕެއިން ތައާރަފުކުރަން ބޭއްވި އިވެންޓުގެ ތެރެއިން - ފޮޓޯ:އުރީދޫ
އުރީދޫ ފުޓުބޯޅަ ފޯރި އާއެކު ޔޫރޯގެ މަޖާ މެކުހަށް!
ޔޫރޯ 2024 އާ ދިމާކޮށް އުރީދޫން ރާވާފައިވާ ހާއްސަ ހަރަކާތްތައް އިއުލާނުކޮށްފި އެވެ.

އުރީދޫން ޔޫރޯ 2024 އާ ދިމާކޮށް ތައާރަފުކުރި ހާއްސަ ޕްރޮމޯޝަންތަކާއި މުބާރާތްތަކުގެ ތެރޭގައި،

ސޮނީ ލިވް ޕެކްސް

ޔޫރޯ 2024 އަށް ހާއްސަ ސޮނީ ލިވް ޕެކްތަކެއް އުރީދޫން ވަނީ ތައާރަފުކޮށްފަ އެވެ. މީގެން އެއް ޕެކްގައި ސޮނީ ލިވްގެ މެންބަޝިޕާއި 30 ދުވަހުގެ ވެލިޑިޓީ އާއެކު 250 ރުފިޔާއަށް 100 ޖީބީ ހިލޭ ޑޭޓާ ހިމެނެ އެވެ. މި ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑޭޓާ ލިމިޓާ މެދު ކަންބޮޑުވުމެއް ނެތި ޔޫރޯގެ ހުރިހާ މެޗެއް ލައިވްކޮށް ސްޓްރީމް ކޮށްލެވޭނެ އެވެ. މި ޕެކާ އެކު ކޮންމެ ތަނެއްގައި ހުރެގެން ވެސް މެޗް ބަލާލެވޭނެ އެވެ.

މީގެ އިތުރުން ކަސްޓަމަރުންނަށް ހާއްސަ ސޮނީ ލިވްގެ އެކި އެޑް-އޮންތަކަށް ސަބްސްކްރައިބްކޮށް، މެދުނުކެނޑި ޔޫރޯގެ ފޯރީގައި ބައިވެރިވެވޭނެ އެވެ.

އުރީދޫ ސުޕަ އެޕުން ފުޓުބޯޅަ ފޯރި

ސްޕިން ދަ ވީލް

އުރީދޫގެ ސުޕަ އެޕްގައި ޔޫރޯއަށް ހާއްސަކޮށް ސްޕިން ދަ ވީލް އުރީދޫ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ. ކޮންމެ ކަސްޓަމަރަކަށް ވެސް ކޮންމެ ދުވަހަކު އެއް ސްޕިން ލިބޭނެ އެވެ. އަދި އުރީދޫ އެޕް މެދުވެރިކޮށް ޕެކް އެކްޓިވޭޓްކޮށްގެން އަދި އިތުރު ޓްރާންސެކްޝަންތައް ކޮށްގެން ސްޕިން ދަ ވީލް އަށް އިތުރު ޓިކެޓް ލިބޭނެ އެވެ. ކަސްޓަމަރުންނަށް ދޭ އިނާމުތަކުގެ ތެރޭގައި މޫލީ ކޫޕަން، ޑޭޓާ ޕެކް، އެމް-ފައިސާ ކޭޝް-އިން ފަދަ ތަކެތި ހިމެނެ އެވެ.

ގެސް ދަ ސްކޯ

އުރީދޫ ސުޕަ އެޕް މެދުވެރިކޮށް "ގެސް ދަ ސްކޯ" މުބާރާތެއް ކުރިއަށްދާނެ އެވެ. ކޮންމެ މެޗެއްގެ ވެސް ވަކި ވަގުތެއްގެ ކުރިން މެޗުގެ ސްކޯ ދިމާކުރުމުގެ ފުރުސަތު ހުޅުވާލެވޭނެ އެވެ. މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް އެކި އިނާމުތައް ވަނީ ހުށަހެޅިފަ އެވެ. އެގޮތުން ގްރޭންޑް ޕްރައިޒް ލިބޭ ފަރާތަކަށް ޕްލޭސްޓޭޝަން ކިޓެއް ލިބޭނެ އެވެ. އޭގެ ތެރޭގައި ޕްލޭސްޓޭޝަން 5 ކޮންސޯލް ޑިސްކް ވާޝަން، ޕްލޭސްޓޭޝަން ޕޯޓަލް ރިމޯޓް ޕްލޭޔާ، ޕްލޭސްޓޭޝަން ވީއާރް އަދި ޕީއެސް5 ފީފާ 2024 ހިމެނެ އެވެ.

your imageއުރީދޫގެ ފުޓުބޯޅަ ފޯރި ކެމްޕެއިން ތައާރަފުކުރަން ބޭއްވި އިވެންޓުގެ ތެރެއިން - ފޮޓޯ:އުރީދޫ

އުރީދޫ ޔޫރޯ ފެންޓަސީ ލީގު

ފެންޓަސީ ލީގަކީ ފުޓުބޯޅައަށް ޝައުގުވެރިވާ ގިނަ ބަޔަކު ވަރަށް ފޯރި އާއެކު ބައިވެރިވާ ލީގެކެވެ. ބައިވެރިންނަށް އެމީހުންގެ ޑްރީމް ޓީމުތައް އުފައްދައި 25،000 ރުފިޔާގެ ގްރޭންޑް އިނާމަށް ވާދަކުރެވޭނެ އެވެ. މި ފެންޓަސީ ލީގުގެ ސަބަބުން ސަޕޯޓަރުންނަށް މި މުބާރާތުގައި އިތުރަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އުރީދޫ ނޭޝަން: ވާޗުއަލް ޔޫރޯ

"އުރީދޫ ނޭޝަން: ވާޗުއަލް ޔޫރޯ" އަކީ 2 އޮން 2 ފީފާ ޕްލޭސްޓޭޝަން މުބާރާތެކެވެ. މި މުބާރާތަކީ ވަރުގަދަ އަދި ވާދަވެރިކަމާ އެކު 30،000 ރުފިޔާގެ އިނާމު ޕޫލަކާ އެކު ކުރިއަށްދާނެ މުބާރާތެކެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ޔޫރޯ ފެށުމުގެ ކުރިންނެވެ. 

އުރީދޫގެ ޔޫރޯ 2024 ގެ ހަރަކާތްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓުބޯޅަ ސަޕޯޓަރުންނަށް ޔޫރޯގެ ފޯރި އިތުރުކޮށް، ފުޓުބޯޅައަށް ލޯބިކުރާ ގިނަ ކަސްޓަމަރުންގެ މެދުގައި ހަރަކާތްތަކެއް ރޭވުމުގެ ގޮތުން ގެނެސްދޭ ކަންތައްތަކެއް ކަމަށް އެ ކުންފުނިން ބުނެ އެވެ. އުރީދޫން ބުނި ގޮތުގައި ޔޫރޯ އާ ގުޅިގެން އެ ކުންފުނިން ތައާރަފު ކުރެވޭ ހަރަކާތްތަކުގެ އިތުރު މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ ކަމުގަ އެވެ. އެ ކުންފުނީގެ މަގުސަދަކީ މި ރީތި ކުޅިވަރުގެ ރޫހު ފާހަގަކުރަމުންދާއިރު، ޔޫރޯ ސީޒަނަކީ ހަގީގަތުގައި ވެސް ފާހަގަކޮށްލެވޭ ސީޒަނަކަށް ހެދުން ކަމަށް އުރީދޫން ބުނެ އެވެ.

މި ހާއްސަ ޕްރޮމޯޝަންތަކާއި މުބާރާތްތަކާ އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓުބޯޅަ ސަޕޯޓަރުންނަށް މި ފުޓުބޯޅަ އީދަކީ އުފާވެރި މަޖާ ސީޒަނަކަށް ވާނެކަން ޔަގީންކުރާ ކަމަށް އުރީދޫން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް