ads
ހުޅުމާލެ އިންޖީނުގޭގައި މަސައްކަތްތައް ކުރިއަށްދާ ގޮތް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ފަހުމީ ބައްލަވާލައްވަނީ - ފޮޓޯ:ސްޓެލްކޯ
ފަހުމީ ހުޅުމާލެ އިންޖީނުގެއަށް، އެސެޓްތައް ބަރާބަރަށް ބަލަހައްޓަމުން ގެންދާނެ
އެ ކުންފުންޏަކީ އެސެޓުތަކުގެ މެއިންޓަނެންސް ބަރާބަރަށް ބަލަހައްޓަމުން ގެންދާ ކުންފުންޏެއް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފި އެވެ.
Advertisement

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު ވަނީ ހުޅުމާލެ އިންޖީނުގޭގެ ދެ ނަންބަރު އިންޖީނުގެ އޯވަހޯލް މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފަ އެވެ. ހުޅުމާލެ އިންޖީނުގެއިން ހުޅުމާލޭގެ އިތުރުން މާލެ އާއި ބޭނުން ޖެހޭ ވަގުތުތަކުގައި ހުޅުލެއަށް ވެސް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެ އެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުންޏަކީ އަބަދުވެސް ހިދުމަތް ދިނުމުގައި ދިމާވެދާނެ ހުރަހަކަށް ތައްޔާރުވެ ތިބުމަށް ޕްރިވެންޓިވް މެޝާސް ނަގައިގެން މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ.

"ކުންފުނީގެ މުވައްޒަފުންގެ ހުނަރާއި ގާބިލުކަމުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފައި އިންޖީނުތައް ފަދަ އެސެޓްތަކުގެ މެއިންޓަނެންސް ބަރާބަރަށް ބަލަހައްޓަމުން ގެންދާ ކުންފުންޏެއް،" ސްޓެލްކޯއިން ބުނެފައިވެ އެވެ.

ސްޓެލްކޯއިން ވަނީ އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ ކަރަންޓުގެ ހިދުމަތް މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަށް ފޯރުކޮށްދިނުމަށް މިދިޔަ ސެޕްޓެމްބަރު މަހު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ސްޓެލްކޯއިން ބުނެފައި ވަނީ އެ ކުންފުނީގެ ފަރާތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކުންފުނީގެ ގްރިޑް ސްޓެބިލިޓީ އިތުރުވެ، އަމިއްލަ ޖެނެރޭޓަރު ސެޓް ބޭނުންކޮށްގެން ކަރަންޓު އުފައްދަމުންގެންދާ ބައެއް ބޮޑެތި ކުންފުނިތަކުން އެ ގްރިޑަށް ބަރޯސާވުން އިތުރުވެފައިވާ ކަމަށެވެ.

ސްޓެލްކޯއިން ވަނީ ހުޅުމާލޭގައި ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ އެންސިސް ކުންފުންޏާ އެކު ވެސް މިފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން އެންސިސް ކުންފުނީގެ ފެކްޓްރީތަކުން ބޭނުން ކުރަމުން އައި އަމިއްލަ ޖަނަރޭޓަރު ނިއްވާލައި ސްޓެލްކޯގެ ކަރަންޓަށް ވަނީ ބަދަލުކޮށްފަ އެވެ.

ސްޓެލްކޯއިން ހުޅުމާލޭގައި ހަދާފައިވާ އިންޖީނުގެއަކީ 100 މެގަވޮޓުގެ އިންޖީނުގެއެކެވެ. އެތަނުން މާލެއަށް ކަރަންޓު ފޯރުކޮށްދެމުން އަންނަނީ ސިނަމާލެ ބްރިޖް މެދުވެރިކޮށެވެ.

މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށަށް ވެސް އެ ކުންފުނިން އަންނަނީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް