ads
ވޭވަށު ފޮޓޯ: އެމްޓީސީސީ
ވޭވަށު ސިއްހީ މަރުކަޒުގައި ޑޮކްޓަރެއް ނެތި މަސްދުވަސް
މ.ވޭވަށުގައި ޑޮކްޓަރެއް ނެތި މަސްދުވަސްވެފައިވާކަަމަށް އެ ރަށު ކައުންސިލްގެ ރައީސްގެ ނައިބު އަހުސަން ވިދާޅުވެއްޖެ އެވެ.
Advertisement

"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ވޭވަށު ކައުންސިލްގެ ނައިބު އަހުސަން، ރަށުގައި ޑޮކްޓަރެއް ނެތުމުގެ ސަބަބުން ކައުންސިލް އިދާރާގެ ފަރާތުން އަންގަންޖެހޭ ކަމާ ބެހޭ ފަރާތްތަކަށް އަންގާފައިވާކަމަށާއި ވޭވަށު ހެލްތު ސެންޓަރުންވެސް އަންގަންޖެހޭ ފަަރާތްތަަކަށް އަންގާ ހުރި ދަތިތައް ކިޔާދީފައި ވާނެކަމަށެވެ.

"އަޅުގަނޑުމެން މިކޮޅުން ހަަމަގައިމުވެސް ކައުންސިލުން އެ އަންގަން ޖެހޭ ފަރާތްތަަކަށް އެކަމާ ގުޅޭގޮތުން އަންގާފައިވާނީ މިކޮޅުން އެ ދަތިތައް" އަހުސަން ވިދާޅުވި އެވެ.

ޑޮކްޓަރެއް ހަަަމަޖެއްސުމުގެ މަސައްކަތަށް ހުރަސްތަކެއް ހުރުމުގެ އިތުރުން މިވަގުތު ޗިކުން ގުންޔާގެ ކޭސްތައް ރަށު ތެރޭ ފެތުރެމުންދާކަަމަށް ވިދާޅުވެ އަހުސަން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ރަށުގެ ބަލިމީހުން ފަރުވާހޯދަން ފުރަނީ މުލަކަށް ކަަމަށާއި ޑޮކްޓަރެއް ހަމަޖެހޭނެ ދުވަހެއް އަދިނެތްކަމަށެވެ.

ވޭވަށުގައީ ޗިކަން ގުންޔާ ފެތުރޭއިރު، މެއި މަހު ކުރީކޮޅު މާލެއިން އެކަނިވެސް ޗިކުން ގުންޔާގެ 193 ކޭސް ވަނީ ފެނިފައި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް