ads
ޓޫކިލޯ
ތޮއްޑޫ ކައުންސިލަށް ގާ އުކި މީހުންގެ ތެރޭގައި ޓޫކިލޯ
ތޮއްޑޫ ކައުންސިލްގެ ފުރާޅަށް ގާއުކާ ހަމަނުޖެހުން ހިންގި މައްސަލާގައި ހައްޔަރު ކުރި އަށް މީހުންގެ ތެރޭގައި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހްތާރު ނަސީރު، ޓޫ ކިލޯ ހިމެނޭކަން އެނގިއްޖެ އެވެ.

ތޮއްޑޫގެ ދަނޑުބިންތައް ދަނޑުވެރިން އަތުން އަތުލަން ނިންމާފައިވާކަމަށް ބުނެ އެ ރަށުގައި ބަޔަކު ހަމަނުޖެހުން ހިންގީ މިދިޔަ ބުދަދުވަހު އެވެ. އެމީހުން ކައުންސިލް ދޮށަށް އެއްވެ ހަމަނުޖެހުން ހިންގާ ކައުންސިލް ފުރާޅަށް ގާއުކާފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން އުޅުނު ފުލުހަކަށް އަނިޔާވެ ފަރުވާދޭން ޖެހުނުކަމަށްވެސް ފުލުހުން ވަނީ ކުރިން ބުނެފަ އެވެ.

ފުލުހުން ބުނީ މި މައްސަލާގައި 8 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. މި އެންމެންވެސް ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން މިއަދުކަމަށް ފުލުހުން ބުނެއެވެ. މީގެ ތެރޭގައި ޓޫކިލޯ ހިމެނޭކަމުގެ މައުލޫމާތު ލިބިފައިވާއިރު، ޓޫކިލޯއަކީ ރާއްޖެއަށް އެންމެ ފުރަތަމަ ފަހަރު ސާފް ޗެމްޕިއަންޝޕްގެ ތަށި ހޯދައިދިން ގޯލް ޖެހި ކުޅުންތެރިޔާއެވެ. 2008 ވަނަ އަހަރު، ޓޫކިލޯ އެ ލަނޑު ޖަހާފައިވަނީ ވަރުގަދަ އިންޑިޔާ ކޮޅަށެވެ. ލަންކާގެ ސުގަތަދާސަ ސްޓޭޑިއަމްގައި ކުޅުނު އެ މެޗުން ރާއްޖެ މޮޅުވީ ޓޫކިލޯގެ ލަނޑުންނެވެ.

ވެލެންސިއާގެ ފުޓްބޯޅަ ޓީމުން ވިދާލައި ފަހުން ވިކްޓަރީ އާއި ނިއުރޭޑިއަންޓް އަދި އީގަލްސް އާއި އައިއެފްސީ އަށް ވެސް ކުޅުނު ކުރީގެ މަޝްހޫރު ފޯވާޑު ޓޫކިލޯ، ކުޅުނު ދުވަސްވަރު ރެފްރީ އަކަށް ހަމަލާދީގެން ބޮޑު ސަސްޕެންޝަނަކާވެސް ކުރިމަތިލާން ޖެހުނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް