ދިރާގުން ބުނީ މި އަހަރުގެ ބޮޑު އީދު ފާހަގަކުރުމަށް އެ ކުންފުނިން ބާއްވާ އީދު ޝޯ ގައި މަޝްހޫރު މިއުޒިޝަނުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ރެވިއޯ، ސްކައިރޮކް، އީކުއެޓިކް ވައިބް، ޓްރެފިކް ޖޭމް، ޑީޖޭ އަލީ އަދި ސިމްބޮލިކް ރެކޯޑްސް ފަދަ ހުނަރުވެރި ދިވެހި މިއުޒިކް ފަންނާނުންގެ ލައިންއަޕެއް ޝޯ އިން ފެންނާނެ ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުން ބުނެފައި ވަނީ އީދު ޝޯ ގެ ތެރެއިން ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ދިރާގު "ވިން އަ ޓެސްލާ" ޕްރޮމޯޝަނުގެ ގުރުއަތުގެ ނަސީބުވެރިޔާ އިއުލާނު ކުރެވޭނެ ކަމަށެވެ.
ދިރާގު އީދު ޝޯ އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ 8:00 އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. މި ހަރަކާތުގެ ހޯސްޓިން ޕާޓްނަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;