ads
ކުރިއަށް އޮތް އީދު ބަންދުގައި ބީއެމްއެލް ހުޅުވާނީ 18 ވަނަ ދުވަހު އެކަނި - ފޮޓޯ:ބީއެމްއެލް
އީދު ބަންދުގައި ބީއެމްއެލް ހުޅުވާނީ 18 ވަނަ ދުވަހު އެކަނި
ބޮޑު އީދު ބަންދު ދުވަސްތަކުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވާނީ މި މަހުގެ 18 ވާ އަންގާރަ ދުވަހު އެކަނި ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލުން ބުނީ މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން ކުރި އިއުލާނާ އެއްގޮތްވާ ގޮތުގެ މަތިން، ބޮޑު އީދާ ގުޅިގެން ކުރިއަށް އޮތް ސަރުކާރު ބަންދު ދުވަސްތަކުގައި އެ ބޭންކް ހުޅުވުމަށް ހަމަޖެހިފައި ވަނީ 18 ވަނަ ދުވަހުގެ ހެނދުނު 08:30 އިން ފެށިގެން މެންދުރުފަހު 2:00 އަށް ކަމަށެވެ.

މި ބަންދު ދުވަސްތަކުގައި ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ޖަމާކުރުމާއި ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް ބީއެމްއެލުން ބުނެ އެވެ. އެ ބޭންކުން ބުނެފައި ވަނީ މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމުކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތްތައް ވެސް އީދު ބަންދުގެ ދުވަސްތަކުގައި ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.

ބީއެމްއެލުން އެ ބޭންކުގެ ކަސްޓަމަރުންގެ ކިބައިން އެދިފައި ވަނީ އިންޓަނެޓް ބޭންކިން އަދި މޮބައިލް އެޕް މެދުވެރިކޮށް ބޭންކިން ހިދުމަތްތައް ހޯދުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް