ads
ޕޮއިސްޑް ޕްރޮޖެކްޓް ބ. އަތޮޅުގައި ފަށަން ބްރާންޗްތަކުގެ ޓެކްނިކަލް މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ ޓްރެއިނިންގެ ތެރެއިން - ފޮޓޯ:ފެނަކަ
އިޔާދަކުރަނިވި ހަކަތައިގެ "ޕޮއިސްޑް" ޕްރޮޖެކްޓް ބ. އަތޮޅުގައި ފަށަނީ
އިޔާދަކުރަނިވި ހަކަތައިގެ ޕްރިޕެއަރިންގްއައުޓާ އައިލެންޑްސް ފޯ ސަސްޓެއިނެބިލިޓީ އެނާޖީ ޑިވެލޮޕްމެންޓް (ޕޮއިސްޑް) ޕްރޮޖެކްޓް ބ. އަތޮޅުގައި ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އިން ބުނެފި އެވެ.
Advertisement

ފެނަކައިން މިއަދު ބުނީ ބ. އަތޮޅުގައި ޕޮއިސްޑް ޕްރޮޖެކްޓް ފެށުމަށް ތައްޔާރުވުމުގެ ގޮތުން ކޮންމެ ބްރާންޗެއްގެ ޓެކްނިކަލް މުވައްޒަފުންނަށް ޕްރޮޖެކްޓުގެ ޓްރެއިނިން ދިނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ބ. އަތޮޅުގެ ރަށްތަކުގައި ޖުމުލަ 2.74 މެގަވޯޓު ސޯލާ ޕީވީ އަދި 3.23 މެގަވޯޓުގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް އިންސްޓޯލް ކުރެވޭނެ ކަމަށް ފެނަކައިން ބުނެ އެވެ.

ފެނަކައިން ބުނެފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން މި ޕްރޮޖެކްޓް ތ. ބުރުނި ފިޔަވައި އެ އަތޮޅުގެ ހުރިހާ ރަށެެއްގައި ކުރިއަށްދާ ކަމަށެވެ. މިދިޔަ މެއި މަހު ތ. ވޭމަންޑޫގައި 250.6 ކިލޯވޯޓުގެ ސޯލާ ޕީވީ ނިޒާމެއް ޕްރި-ކަމިޝަން ކުރެވިފައިވާ ކަމަށް ފެނަކައިން ބުނެ އެވެ. އެ ކޯޕަރޭޝަނުން ބުނި ގޮތުގައި މިކަމުގެ ސަބަބުން ކޮންމެ މަހަކު ވޭމަންޑޫއަށް ބޭނުންވާ ހަކަތަ އުފެއްދުމަށް ބޭނުންވާ ޑީސަލުން އެވްރެޖްކޮށް 10،500 ލީޓަރު ސަލާމަތް ކުރެވޭނެ ކަމުގަ އެވެ.

your imageޕޮއިސްޑް ޕްރޮޖެކްޓް ބ. އަތޮޅުގައި ފަށަން ބްރާންޗްތަކުގެ ޓެކްނިކަލް މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ ޓްރެއިނިންގެ ތެރެއިން - ފޮޓޯ:ފެނަކަ

"ޕޮއިސްޑް" ޕްރޮޖެކްޓަކީ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީ އާއި ފެނަކަ އާ ގުޅިގެން އޭޝިއަން ޑެވެލޮޕްމެންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. ޕޮއިސްޑް ޕްރޮޖެކްޓް ހދ. އަތޮޅުގައި މިވަގުތު ކުރިއަށްދާއިރު، ހއ. ށ. އަދި ނ. އަތޮޅުގައި މި ޕްރޮޖެކްޓް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި ޕްރޮޖެކްޓް ނިމުމުން ކަރަންޓު ދިނުމަށް އެ ކޯޕަރޭޝަނުން ތެލަށް ކުރާ ހަރަދުން ކޮންމެ އަހަރަކު 11 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށާއި ހަކަތަ އުފެއްދުމުގެ ތެރެއިން ޖައްވަށް ބޭރުވާ ވިހަ ކާބަންޑައިއޮކްސައިޑުގެ މިންވަރުން ހަތަރު ޓަނު މަދުކުރެވޭނެ ކަމަށް ފެނަކައިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް