އޭޝިއަން ސާފިން ޗެމްޕިއަންޝިޕް އޮންނަނީ އޮގަސްޓް މަހު ތުލުސްދޫގައެވެ. މުބާރާތް އޮންނާނީ، 17-24 އޮގަސްޓް އަށެވެ. މި ފަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްވެފައި މި ވަނީ، އޭޝިއަން ގޭމްސްގެ ކޮލިފިކޭޝަން އިވެންޓަކަށެވެ.
މި މުބާރާތުން، 2026 ވަނަ އަހަރު ޖަޕާނުގައި ބާއްވާ އޭޝިއަން ގޭމްސްއަށް ކޮލިފައިވުމުގެ ފުރުސަތު އޮތް ކަމަށް މޯލްޑިވްސް ސާފިން އެސޯސިއޭޝަނުންވަނީ ބުނެފައެވެ.
މި ފަހަރުގެ މުބާރާތަށް މިހާތަނަށް ވެސް ވަނީ 25 ގައުމުން 140 އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވެފަ އެވެ. މުބާރާތް ލޯންޗް ކޮށްދެއްވީ، ކުޅިވަރު ވަޒީރު އަބްދުﷲ ރާފިއުއެވެ.